އޮފީސް ތެރޭގައި ބަދުއަޚްލާގީ ވީޑިއޯ ބަލަމުން ބަދުއަޙްލާޤީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހދ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފިއެވެ.
ކުޅުދުއްފުށި ލައިވް ނޫހުގައި ބުނެފައިވަނީ މިދިއަ މާރޗް މަހުގެތެރޭގައި އާންމުވި ވީޑިއޯއަކާ ގުޅިގެން އެމުވައްޒަފު ސަސްޕެންޑްކޮށް، ހދ.އަތޮޅު އެޗްއާރުއެމްޑީ ކޮމެޓީން އެމައްސަލަ ބެލުމަށްފަހު އޭނާ ވަޒީފައިން ވަކިކޮށްފައިވަނީ މިއަދުކަމަށް އެއިދާރާގެ ޑިރެކްޓަރ ޖެނެރަލް އިބްރާޙީމް ރަޝީދު ވިދާޅުވި ކަމަށެވެ.
ރަޝީދާއި ހަވާލާދީ ކުޅުދުއްފުށި ލައިވް ނޫހުގައި ބުނެފައިވަނީ އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސާރވިސް ޤަވާޢިދު 2014ގެ 271 ވަނަ މާއްދާގެ (ނ) ގެ 1.6، 2.6، 8، 9 އަށް އަދި 273 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ދިވެހި ސިވިލް ސާރވިސް ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަމްބަރުގެ ދަށުން ކަމަށެވެ.
އެ ނޫހުގައި އެވީޑިއޯ ބެލިކަމަށް ބުނި ބައެއް ފަރާތްތަކާއި ހަވާލާދީ ބުނެފައިވަނީ އެ ވީޑިއޯއިން ފެންނަނީ ރޭގަނޑު ވަގުތެއްގައި އޭނާގެ މޭޒުގައި ހުންނަ ކޮމްޕިއުޓަރުން ބަދުއަޙްލާގީ ފިލްމް ބަލަމުން އަމިއްލައަށް އެދުން ފުއްދާ މަންޒަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް