އިންޑިއާގައި ކިޔަވަމުން ދިޔަ ދިވެހި ފުލުހަކު ދަންޖެހިގެން މަރުވެފައިވާ ހުއްޓާ ފެނިއްޖެ އެވެ.
މިކަމާއި ބެހޭގޮތުން މިދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެކަން ފުލުހުންނަށްވެސް މިހާރު ކަށަވަރު ކުރެވިފައިވާކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ދަން ޖެހިގެން މަރުވެފައި ހުއްޓާ ފެނިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އިންޑިޔާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީއާއި ގުޅުނު ދިވެހި ފުލުހުންގެ ޗީފް ސްޓޭޝަން އިނިސްޕެކްޓަރެކެވެ. އޭނާ ދިޔައީ ފޮރެންސިކް ސައިންސްގެ ދާއިރާއިން މާސްޓާސް އަށް ކިޔަވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް