އެމްޑީޕީ ކެނޑިޑޭޓަކު ހަ މަސް ދުވަހަށް ގޭ ބަންދު ކުރުމަށް ހުކުމް ކޮށްފި

ވިލުފުށީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލެއްވި ކެންޑިޑޭޓު، ހުސައިން ޖަބީން ހަ މަހަށް ގޭބަންދު ކުރަން އެރަށު ކޯޓުން ހުކުމް ކޮށްފި އެވެ. ހުސެއިން ޖަބީން އަކީ މިހާރު އޮތް އެ ކައުންސިލްގެ ރައީ...

06 Apr 2017 | 10:03

ވިލުފުށީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލެއްވި ކެންޑިޑޭޓު، ހުސައިން ޖަބީން ހަ މަހަށް ގޭބަންދު ކުރަން އެރަށު ކޯޓުން ހުކުމް ކޮށްފި އެވެ. ހުސެއިން ޖަބީން އަކީ މިހާރު އޮތް އެ ކައުންސިލްގެ ރައީސްވެސް މެ އެވެ.

ޖަބީން ހަ މަހަށް ގޭބަންދުކުރަން ހުކުމްކޮށްފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި އަމުރަށްނުކިޔަމަންތެރިވުމުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

ޖަބީންގެ މައްޗަށް ދައުލަތުން ކޮށްފައިވާދައުވާގައި ބުނެފައި ވަނީ ވިލުފުށީ ކައުންސިލް އިދާރާގެ ކުރިމަތީގައި ހުންނަ ބުރުގެ ހުޅަނގުފަރާތަށް ބަނދަރާއި ދިމާލަށް އޮންނަ މަގުގައި އެމްއާރްޑީސީގެ ވިލުފުށީ ސައިޓުން އެމަގު ލެވެލްކުރުމަށް ޖަހާފައިވާ ދެ ދަގަނޑުބުރި 2015 ވަނަ އަހަރުގެ އޭޕްރީލް 20 ވަނަ ދުވަހުގެ މެންދުރު 12:15 އެހައިކަންހާއިރު އުފުރާލައި ޖަބީން އެއްލާލާފައިވާ ކަމަށެވެ.

އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ކަމަށް ވިލުފުށީ ކޯޓުން ކުރި ހުކުމްގައި ބުނެފައިވާއިރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގައިވާ ގޮތުން ޖިނާއީ ކުށެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ކައުންސިލް އިންތިޚާބުގައި ވާދަނުކުރެވޭނެ އެވެ. އެހެންކަމުން ޖަބީންގެ ކެންޑިޑެސީ ބާތިލްވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް