ބަނޑޮސް ރިސޯޓުގެ މުވައްޒަފުންނަށް މެރިޓައިމް ސޭފްޓީ އެވެއަރނަސް ޕްރޮގްރާމެއް ފަށައިފި

އެމްއެންޑީއެފް ކޯސްޓްގާޑުން، ބަނޑޮސް މޯލްޑިވްސްގެ މުވައްޒަފުންނަށް މެރިޓައިމް ސޭފްޓީ އެވެއަރނަސް ޕްރޮގްރާމެއް ފަށައިފި އެވެ. އިއްޔެ ފެށި މި ޕްރޮގްރާމުގައި މޫދުގައި އުޅޭއިރު ދިމާވެދާނެ ހާލަތްތަކުގައި ސ...

06 Apr 2017 | 09:22

އެމްއެންޑީއެފް ކޯސްޓްގާޑުން، ބަނޑޮސް މޯލްޑިވްސްގެ މުވައްޒަފުންނަށް މެރިޓައިމް ސޭފްޓީ އެވެއަރނަސް ޕްރޮގްރާމެއް ފަށައިފި އެވެ.

އިއްޔެ ފެށި މި ޕްރޮގްރާމުގައި މޫދުގައި އުޅޭއިރު ދިމާވެދާނެ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބަނޑޮސް މޯލްޑިވްސްގެ މުވައްޒަފުންނަށް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައިވާކަމަށާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ތަޖުރިބާކާރު ނުވަ މުދައްރިސުންގެ އިރުޝާދާއެކު ހިންގަމުންދާ މި ޕްރޮގްރާމް މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އަދި އެ ރިސޯޓުގެ 40 މުވައްޒަފަކު މި ޕްރޮގްރާމްގައި ވަނީ ބައިވެރިވެފައި ކަމުގައިވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ މި ޕްރޮގްރާމްގައި، ކަނޑުމަތީގައި ހާލުގައި ޖެހުމުން ޢަމަލު ކުރާނެ ގޮތާއި، ހާލުގައި ޖެހިފައިތިބޭ މީހުން ސަލާމަތްކުރާނެ ގޮތްތައް އަދި މޫދުގައި ދިމާވާ ތަފާތު ހާދިސާތަކުގައި ޒަޚަމްވާ ފަރާތްތަކަށް އަވަސް ފަރުވާދިނުން ފަދަ މުހިންމު މަޢުލޫމާތުތައް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް