ބަންގްލަދޭޝްގެ ރާޖްޝާހީގައި މިދިޔަ ހަފްތާގެ ބުދަ ދުވަހު ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނުނު ރައުދާ އާތިފްގެ މަރާ ގުޅޭ ހަބަރުތައް ގެނެސްދިނުމުގައި ތަފާތު ގޮތްގޮތަށް ހަބަރު ނުފެތުރުމަށް ގެއަނެއްކާވެސް ފުލުހުން ގޮވާލައިފި އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ބަންގްލަދޭޝް ފުލުހުންނާއި އެކު ދިވެހި ދެ ފުލުހަކުވެސް އެ ގައުމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ތަފާތު ގޮތްގޮތަށް ބަރުތައް ފަތުރަމުން ގެންދާތީ ތަހުޤީޤަށް ހުރަސް އެޅެ އެވެ.
https://twitter.com/PoliceMv/status/849880074975289344
ފުލުހުން މިގޮތަށް ގޮވާލާފައިވާއިރު ދިވެހި މީޑިއާގައި އެ މައްސަލައިގަ ހަބަރު ގެނެސްދީފައިވަނީ ބަންގްލަދޭޝްގައި އެ މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުންގެ އިސްވެރިންނާއި ހަވާލާ ދީ އާއި ރައުދާގެ އާއިލާ އާއި ހަވާލާ ދީ އެވެ. ދެން މި މައްސަލައިގެ ހަބަރުތައް ރިޕޯޓު ކޮށްފައިވަނީ ބަންގްލަދޭޝްގެ ނޫސްތަކާއި ހަވާލާދީ އެވެ. އެ ނޫސްތަކުގައި ކޮށްފައިވާ ރިޕޯޓުތަކަކީ ފުލުހުންނާއި ހަވާލާދީ ކޮށްފައިވާ ރިޕޯޓުތަކެކެވެ.
ރައުދާ ދަންޖެހިގެން މަރުވާނެ ކަމަށް އޭނާގެ އާއިލާއިން ގަބޫލެއް ނުކުރެ އެވެ. ރައުދާގެ ބައްޕަ މީޑިއާގައި ބުނެފައިވަނީ ރައުދާ އަކީ އަމިއްލައަށް މަރުވާވަރަށް ވުރެ އަގީދާ ވަރުގަދަ އުފާވެރިކޮށް އުޅެމުންދިޔަ ކުއްޖެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް