ސައޫދީ އަރަބިއްޔާގެ މައްކާގައިބޭއްވުމަށް ހަމަޖެހިފައިވާ 39 ވަނަ މަލިކު އަބްދުލްއަޒީޒު އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ހުޅުވާލައިފިއެވެ.
މި މުބާރާތް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކަމައް ކީރިތި ޤްރުއާނާބުހޭ މަރުކަޒުން ބުނެއެވެ.
މިމުބާރާތުގައި ރާއްޖެއިން ބައިވެރިވަނީ ޤުރުއާން ހިތުދަސް އަދި ތަޖްވީދު މަގުން ކިޔެވުމުގެ ގޮތްޕާއި ތަރުތީބުން 15 ފޮތް ނުބަލައި ތަޖްވީދު މަގުން ކިޔެވުމުގެ ގޮފީގަ އެވެ. އަދި މިއިން ކޮންމެ ގޮތްޕެއްގައިވެސް ރާއްޖެއިން ބައިވެރިވާނީ އެއް ދަރިވަރު ކަމަށް ކީރިތި ގުރުއާނާއިބެހޭ މަރުކަޒުން ބުނެއެވެ.
މި މުބަރާތުން ފުރުސަތު ލިބޭނީ މީގެ ކުރިން މިމުބާތާރުގައި ބައިވެރިވެފައި ނުވާ އަދި އުމުރުން 25 އަހަރު ނުފުރޭ ފަރާތްތަކަށް ކަމަށް ޤްރުއާނާބެހޭ މަރުކަޒުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް