ވިހެއުމަށްފަހު ދަރިފުޅު ޑަސްބިނަށް ލާތަން ފެންނަ ވީޑިޔޯއެއް އާއްމުވެއްޖެ

އުމުރުން 15 އަހަރުގެ އަންހެންކުއްޖެއް ވިހެއުމަށްފަހު ދަރިފުޅު ޑަސްބިނަށްލާ މަންޒަރު ފެންނަ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި އާއްމުވެއްޖެ އެވެ. https://www.youtube.com/watch?v=I48yl_Bh8EY މި ވީޑިޔޯގައި ފެނ...

06 Apr 2017 | 07:45

އުމުރުން 15 އަހަރުގެ އަންހެންކުއްޖެއް ވިހެއުމަށްފަހު ދަރިފުޅު ޑަސްބިނަށްލާ މަންޒަރު ފެންނަ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި އާއްމުވެއްޖެ އެވެ.

https://www.youtube.com/watch?v=I48yl_Bh8EY

މި ވީޑިޔޯގައި ފެންނަނީ ރީނދޫ ކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޑަންގަރީ ޖިންސެއް ލައިގެން ހުރި އަންހެން ކުއްޖެއް ދަބަހަކާއި، ޕާރްސަލަކާއި ދެ ރަތްކޮތަޅު ހިފައިގެން ލިފްޓަށް އަރާ މަންޒަރެވެ.

ލިފްޓުން ފައިބައިގެން އޭނާ ދިޔައީ ބިލްޑިންގެ ކުނި އަޅާ ޑަސްބިނާއި ދިމާލަށް ކަންވެސް މި ސީސީޓީވީ ފުޓޭޖު ބެލުމުން އެނގެ އެވެ. އެ ކުޑަ ކުއްޖާ ޑަސްބިން ތެރޭގައި އޮއްވަ ފެނިފައިވަނީ އިމާރާތުގެ މަސައްކަތު މީހާ  ސާފުކޮށްފައި ޑސްބިން އަށް ކުނި އަޅަނިކޮށެވެ.

ފެނުނު އިރު ކުއްޖާ އޮތީ ވަރަށް ބޮޑަށް ފިނިވެފައި ކަމަށާއި އެކަމަކު މަރު ނުވާކަމަށް އެމީހާ ބުންޏެވެ. އެ އަންހެން ކުއްޖާ ދަރިފުޅު ޑަސްބިނަށް ލާފައި އޮތީ ޕާރްސަލް ތެރެއަށް ލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް