އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހަކު އެޗް1އެން1އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗް1އެން1އަށް ޕޮޒިޓިވް ވެފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އަންހެނަކަށެވެ. އެ ހޮސްޕިޓަލުން ވަނީ އެމީހާ އެޗް1އެން1އަށް ޕޮޒިޓިވް ވެފައިވާ ކަން ދުވަހަށް ޔަގީންކޮށްދީފައެވެ. އެކަމަކު އެއީ ކިތައް އަހަރުގެ މީހެއް ކަމެއް ހާމައެއް ނުކުރެ އެވެ.
ހަލުވިކަމާއި އެޗް1އެން1 ފެތުރެމުން ދިޔަ މިންވަރު މިހާރު ކޮންޓްރޯލްވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައި އެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ އާއްމު ހާލަތުގައި ރޯގާ އުޅޭ އިރު ވެސް މަސައްކަތް ކުރާ މިންގަނޑުގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އަދި އަލުން ސްކޫލްތައް ހުޅުވީވެސް އެ ބަލި ކޮންޓްރޯލް ވުމުން ކަމަށް އެ އިދާރާއިން ބުނެ އެވެ.
މިހާތަނަށް އެޗް1އެން1 ޖެހިގެން ހަ މީހަކު މަރުވެފައިވާއިރު 222 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްފެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް