ޕޭން ކޭކުގެ އެތިކޮޅެއް ކަރުގައި ތާށިވެ ދަރިވަރަކު މަރުވެއްޖެ

ޕޭންކޭކުގެ އެތިކޮޅެއް ކަރުގައި ތާށިވެ އެމެރިކާގައި ދަރިވަރަކު މަރުވެއްޖެ އެވެ. ފުލުހުން ހާމަކުރާގޮތުގައި 20 އަހަރުގެ ކެއިޓްލިން ނެލްސަން މަރުވެފައިވަނީ އޭނާގެ ކޮލެޖްގައި ހިނގި ޕޭންކޭކު ކެއުމުގެ މުބާރާ...

06 Apr 2017 | 07:14

ޕޭންކޭކުގެ އެތިކޮޅެއް ކަރުގައި ތާށިވެ އެމެރިކާގައި ދަރިވަރަކު މަރުވެއްޖެ އެވެ.

ފުލުހުން ހާމަކުރާގޮތުގައި 20 އަހަރުގެ ކެއިޓްލިން ނެލްސަން މަރުވެފައިވަނީ އޭނާގެ ކޮލެޖްގައި ހިނގި ޕޭންކޭކު ކެއުމުގެ މުބާރާތެއްގައި ކޭކު ކަނިކޮށް ކަރުގައި އެތިކޮޅެއް ތާށިވުމުން ނިއުޔޯކް ސިޓީ ހޮސްޕީޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.

އެ އަންހެން ކުއްޖާއަކީ ފެއަރފީލްޑްގެ ރޯމަން ކެތޮލިކް ސްކޫލެއްގައި ސޯޝަލް ވޯރކްގެ ކޯހެއް ހަދަމުންދާ ޖޫނިޔާ ކުއްޖެކެވެ.

"މިއީ މަޖާ ކުރުމުގެ ތެރޭގައި ދިމާވި ވަރަށް ހިތާމަވެރި ހާދިސާއެއް" ފެއަރފީލްޑް ފުލުހެއް މަޢުލޫމާތު ދިނެވެ.

ނެލްސަން ގެ ކަރުގައި އެ ކޭކު ކޮޅު ތާށިވުމާއި އެކު އެތާގައި ތިބި ނާރސިން ހަދާ ދެ ކުއްޖަކު ވަނީ އޭނާ އަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭނާ އަށް އެ ހޮސްޕިޓަލުގައި ތިން ދުވަސް ވަންދެން ފަރުވާ ދިންކަމަށްވެސް އެ ފުލުސް މީހާ ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް