ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށް ދެ އަހަރުގެ ކުއްޖަކު ރީތި މިސާލެއް ދައްކައިދީފި

ދުނިޔޭގައި ހައްދު ފަހަނަ އަޅާފައިވާ ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ކުޑަ ކުއްޖަކު ރީތި މިސާލެއް ދައްކައިފި އެވެ. ސޯފިޔާ ނަމަކަށް ކިޔާ އުމުރުން ދެ އަހަރުގެ އެ ކުއްޖާގެ މަންމަ  ބްރޭންޑީ ބެނާ ބުނިގޮތުގައި...

06 Apr 2017 | 07:06

ދުނިޔޭގައި ހައްދު ފަހަނަ އަޅާފައިވާ ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ކުޑަ ކުއްޖަކު ރީތި މިސާލެއް ދައްކައިފި އެވެ.

ސޯފިޔާ ނަމަކަށް ކިޔާ އުމުރުން ދެ އަހަރުގެ އެ ކުއްޖާގެ މަންމަ  ބްރޭންޑީ ބެނާ ބުނިގޮތުގައި ސޯފިޔާ ގޮވައިގެން ފިހާރައަކަށް ގޮސް ބޭނުންވާ އެއްޗެއް ނެގުމަށް ބުނުމުން ނެގީ ކުޅޭ ޑޮކްޓަރެއްގެ ބުދެ ކެވެ. ސޯފިޔާ އަކީ އަބަދުވެސް ޑޮކްޓަރަކަށް ވާން ބޭނުންވާ ކުއްޖެކެވެ.

އެ ބުދުގެ ހަމުގެ ކުލަ ކަޅެވެ. ސޯފިޔާ އަކީ ދޮން ކުއްޖެކެވެ.

ސޯފިޔާ އެ ޑޮކްޓަރު ބުދު ސޭޓަށް ދެއްކުމުން ސޭޓު އޭނާ ކައިރީގައި އޭނައާ ވައްތަރު ބުދެއް ނެގުމަށް ބުނިކަމަށެވެ. އޭގެ ޖަވާބުގައި ސޯފިޔާ ބުނީ އެ ބުދަކީ ޑޮކްޓަރެއް ކަމަށާއި އޭނާއަކީވެސް ޑޮކްޓަރެއްކަމަށާއި، އެ ޑޮކްޓަރު ބުދު ވެސް ރީތި ކަމަށާއި އޭނާ އަކީވެސް ރީތި ކުއްޖެއް ކަމަށެވެ.

"އަހަރެން ބޭނުންވަނީ ދަރިފުޅަށް އެހެން މީހުންދެކެ ލޯބިވާން ދަސްކޮށްދޭން ނަފްރަތު ކުރާކަށް ނޫން، އޭގެ ތެރޭގައި އަހަރެންގެ އަމަލުތައްވެސް ހިމެނޭނެ" ސޯފިޔާގެ މަންމަ ބުނެފައި ވެއެވެ.

ސޯފިޔާއަށް ނޭނގުނު ކަމުގައި ވިޔަސް އޭނާއަށް އެ ދެއްކުނީ މުޅި ދުނިޔޭގެ ރީތި މިސާލެކެވެ. އެއްވެސް މީހަކު އެމީހެއްގެ ކުލައަކާއި ނޫނީ ނަސްލާ ހެދި އެކަހެރި ކުރާކަށް ނުވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް