މެދު ރާއްޖެ ތެރެއާއި ދެކުނުގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ޑިޕާޓްމަންޓު އޮފް މީޓްރޮލޮޖިކަލް ސާވިސް އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މިއަދު ހެނދުނު 10:00 ން މާދަމާ ހެނދުނު 10:00 އަށް ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ. އުތުރުގެ އަތޮޅުތަކަށް ހިސާބަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ބުނެއެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 30 މޭލު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށްވެސް ބުނެއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް