މަޑުއްވަރީގެ ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް ޕްރޮގުރާމެއް ކުރިޔަށް ގެންގޮސްފި

ރ.މަޑުއްވަރީ ވިޔަފާރިވެރީންނަށް އަމާޒުކޮށްގެން އެރަށުގެ ޕޮލިސް ސްޓޭޝަނުން ހޭލުންތެރި ކުރުމުގެ ޕްރޮގުރާމެއް ކުރިޔަށް ގެންގޮސްފި އެވެ. އޭޕްރީލް ތިނަކުން ހަތަރަކަށް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި ފު...

06 Apr 2017 | 06:23

ރ.މަޑުއްވަރީ ވިޔަފާރިވެރީންނަށް އަމާޒުކޮށްގެން އެރަށުގެ ޕޮލިސް ސްޓޭޝަނުން ހޭލުންތެރި ކުރުމުގެ ޕްރޮގުރާމެއް ކުރިޔަށް ގެންގޮސްފި އެވެ.

އޭޕްރީލް ތިނަކުން ހަތަރަކަށް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި ފުލުހުން ވަނީ އެރަށުގެ ފިހާރަތަކާއި ރެސްޓޯރެންޓުތަކަށް ޒިޔާރަތްކޮށް ވިޔަވާރިވެރިންނަށް ކުށްމަދުކުރުމާއި ގުޅޭގޮތުންނާއި އެމީހުން ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައި ކަމަށް ފުލުހުން ހާމަކުރެ އެވެ.

މި ޕްރޮގުރާމުގައި އާއްމުވަމުން އަންނަ ކުށްތަކާއި އެ ކުށްތަކުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅު ތަކާއި ދުންފަތުގެ ބާވަތްތައް 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ނުވިއްކުމަށާއި މުދަލާއި ފިހާރާގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް ވިޔަފާރިވެރިންނަށް ކިޔައިދީފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް