ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީބީސީ) ރޭޑިއޯ 2 ގެ މަޝްހޫރު ޕްރެޒެންޓަރެއްކަމަށްވާ ބްރިއަން މެތިއު މަރުވެއްޖެ ކަމަށް ބުނެ އޮޅިގެން ބީބީސީއަށް ބްރޭކިންގ ނިއުސްގެ ގޮތުގައި އެ ހަބަރު ގެނެސްދެވިއްޖެ އެވެ.
މިހާރު އުމުރުން 88 އަހަރުވެފައިވާ މެތިއު މިދިޔަ ޖެނުއަރީ އާއި ހަމައަށް ދިޔައީ ޕްރޮގްރާމްތައް ހުށަހަޅައިދެމުންނެވެ. އެކަމަކު މާބޮޑަށް ހާލު ސީރިއަސްވުމުން މިހާރު ހުރީ މަސައްކަތާއި ދުރުގައި ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެ އެވެ.
އޭނާ މަރުވިކަމަށް ބީބީސީން ރިޕޯޓު ކުރީ ކީއްވެކަން ނޭނގޭއިރު ބީބީސީގެ އޮފީސް ތެރެއިން ކޮންމެސް މީހަކު ވަނީ ވިކިޕީޑިއާގައިވާ މެތިއުގެ މައުލޫމާތު ބަދަލުކޮށް އިއްޔެ އޭނާ މަރުވިކަމަށް ޖަހާފައި އެވެ. އަދިވެސް ވިކިޕީޑިއާއަށް އެ މީހަކު ގެނައި ބަދަލު އިސްލާހުވެފައެއް ނުވެ އެވެ.
ބީބީސީން ފަހުން ވަނީ އެއީ މައުލޫމާތުގެ އޮޅުމެއްކަމަށް ބުނެ އޭނާ މަރުނުވާކަން ހާމަކޮށްފައި އެވެ.
މެތިއު ދާދިފަހުން ވަނީ އޭނާއަށް އާންމުންގެ ފަރާޓުން ލިބިފައިވާ ލޯބި އީމެއިލް ބަލާލުމުން ފެންނާނެ ކަމަށެވެ. އެގޮތުން އެތައް މިލިއަން ސަޕޯޓަރުންނެއް އޭނާގެ ޝޯތައް ކަމުގޮސްގެން މެއިލްކޮށްފައި އެބަ ހުރި ކަމަށް ބުނެފައިވެ އެވެ.
މެތިއު އަކީ ބީބީސީ ރޭޑިއޯ 2 ގެ ފުރަތަމަ ޑީޖޭ އެވެ. އޭނާ ބްރޯޑްކާސްޓިން ދާއިރާ އާއި ގުޅުނީ 1948 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް