ސަލްމާން ހާންގެ ލޯބިވެރިޔާ ލޫލިއާ ލަވަ ކިޔުންތެރިޔަކަށް ވެއްޖެ

ބޮލީވުޑްގެ ސުޕާ ސްޓާ ސަލްމާން ހާންގެ ސިއްރު ލޯބިވެރިޔާ ލޫލިއާ ވަންތޫރު ލަވަ ކިޔުންތެރިއަކަށް ވެއްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ލޫލިއާގެ މާ ރީތި އަޑެއް ހުރެފަ އޭނާއަށްވެސް ލަވަ ކިޔޭނެކަން އެނގުނީ ބޮ...

06 Apr 2017 | 01:49

ބޮލީވުޑްގެ ސުޕާ ސްޓާ ސަލްމާން ހާންގެ ސިއްރު ލޯބިވެރިޔާ ލޫލިއާ ވަންތޫރު ލަވަ ކިޔުންތެރިއަކަށް ވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ލޫލިއާގެ މާ ރީތި އަޑެއް ހުރެފަ އޭނާއަށްވެސް ލަވަ ކިޔޭނެކަން އެނގުނީ ބޮލީވުޑްގައި ލަވަ ހެދުމަށް މަޝްހޫރު ހިމޭޝް ރެޝައްމިޔާ އަށް ކަމަށެވެ. ހިމޭޝް މީޑިއާގައި ބުނެފައިވަނީ ލޫލިއާ ލަވަކިޔާ އަޑު އިވުމުން ހީވީ ހަމަ ބޮލީވުޑްގައި އެންމެ މަޝްހޫރު ލަވަކިޔުންތެރިޔަކު ކިޔާލިހެން ކަމަށެވެ.

އޭނާ ބުނީ ލޫލިއާ ރެކޯޑު ކުރީ އިނގިރޭސި ލަވައެއްކަމަށާއި ހިންދީ ލަވައެއް ރެކޯޑު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އިނގިރޭސި ލަވަ ކިޔަން އެންމެ އެއް ގަޑި އިރު ނެގުމުން ލޫލިއާއަށް ލަވަ ކިޔޭނެކަން އެނގިފައިވާ ކަމަށެވެ. ހިމޭޝް ބުނީ އާންމުކޮށް އެންމެ މޮޅު ލަވަކިޔުންތެރިންވެސް ލަވައެއް ރީތިކޮށް މޮޅަށް ރެކޯޑު ކުރަން ހަތަރަު ވަރަކަށް ގަޑި އިރު ހޭދަ ކުރާ ކަމަށެވެ.

ލޫލިއާ ރެކޯޑު ކުރި އިނގިރޭސި ލަވައަކީ ހިމޭޝް  ހަދާ އަލްބަމަކަށް ރެކޯޑު ކުރުވި ލަވައެކެވެ. އެ ލަވަ މިމަހު ފަހުކޮޅު ރިލީޒް ކުރާނެ އެވެ.

ލޫލިއާއަކީ ރޮމޭނިއާގެ ޓީވީ ތަރިއެކެވެ. ސަލްމާން އާއި އޭނާގެ ގުޅުމާއި ބެހޭގޮތުން މިހާތަނަށް ދެމީހުން އެއްޗެއް ބުނެފައި ނުވާއިރު މިދިޔަ ހަފްތާގައި ސަލްމާންގެ އާއިލާއިން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އައި ދަތުރުގައިވެސް ލޫލިއާ ބައިވެރިވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް