ބިގް ފިޝްގެ މަސް ބަންދު ކުރާ ފެކްޓްރީ ހުޅުވައިފި

ރާއްޖޭގައި އަލަށް އުފައްދަން ފަށާފައިވާ ބިގް ފިޝް ބްރޭންޑުގެ މަސް ބަންދު ކުރާ ފެކްޓްރީ ރަސްމީކޮށް ހުޅުވައިފި އެވެ. މި ފެކްޓްރީ ގާއިމްކޮށްފައިވަނީ ކ. ހިންމަފުށީގައި އެވެ. އިއްޔެ ރަސްމީކޮށް ފެކްޓްރީ ހުޅ...

06 Apr 2017 | 01:31

ރާއްޖޭގައި އަލަށް އުފައްދަން ފަށާފައިވާ ބިގް ފިޝް ބްރޭންޑުގެ މަސް ބަންދު ކުރާ ފެކްޓްރީ ރަސްމީކޮށް ހުޅުވައިފި އެވެ.

މި ފެކްޓްރީ ގާއިމްކޮށްފައިވަނީ ކ. ހިންމަފުށީގައި އެވެ. އިއްޔެ ރަސްމީކޮށް ފެކްޓްރީ ހުޅުވި ނަމަވެސް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެ ފެކްޓްރީގައި ދަނީ މަސް ބަންދު ކުރުމުގެ މަސައްކަތް ކުރަމުންނެވެ..

މި ފެކްޓްރީ އިފްތިތާހު ކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަަލްޗާރގެ ޕާމެނެންޓް ސެކްރެޓަރީ ހުސައިން ޝިނާނު އެވެ.

މި ރަސްމިއްޔާތުގައި ޝިނާން ވިދާޅުވީ ހިންމަފުށީގައި ޤާއިމްކުރި މި ފެކްޓްރީގެ ސަބަބުން ރާއްޖޭގެ މަސްވެރިންނާއި، ހިންމަފުށީ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބޭނޭކަމަށެވެ. ސިނާން ވިދާޅުވީ އަމިއްލަ ފަރާތްތަކަށް ސަރުކާރުން ހުޅުވާލާ ފުރުސަތުތަކުގެ ތެރޭގައި އާ ބާވަތްތަކުގެ މަސްވެރިކަން ތަޢާރަފްކުރުމާއި، މަސްކިރުވާ ބަނދަރުތައް ހެދުން ހިމެނޭ ކަމަށެވެ.

ބިގްފިޝް މޯލްޑިވްސްއިން ހިންމަފުށީގައި ހުޅުވި މަސްބަންދުކުރާ ފެކްޓްރީގައި ދުވާލަކު 30 މެޓްރިކް ޓަނުގެ މަސް ބަންދުކުރެވެއެވެ. މި ފެކްޓްރީއަށް 40 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާއިރު، މިއަހަރުގެ ތެރޭގައި މަސްފެކްޓްރީގެ ޤާބިލްކަން އިތުރުކުރާނޭކަމަށްވެސް ބިގްފިޝް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ރަށުގެ ކައުންސިިލްގެ ރައީސް ވަނީ ހިންމަފުއްޓަށް ސިނާއީ ގޮތުން ދިމާވެފައިވާ ދަތިތަކާއި އެހެނިހެން ދަތިތަކެއް ހާމަކޮށް އެކަންތައްތަކަށް ހައްލެއް ހޯދަ ދިނުމަށް ސަރުކާރުގައި އެދިފަ އެވެ. އެގޮތުން ބަނދަރާއި އެކަށީގެންވާ ގޮތުގައި މަގުތައް ހެދިފަިއ އޮތުމަކީ މިފަދަ ސިނާއީ މަސައްކަތް ކުރާއިރު ރަށަށް ބޭނުންވާ ކަންކަން ކަމަށް ވިދާޅުވި އެވެ.

ފެކްޓްރީ އިފްތިތާހު ކުރެއްވުމަށް ބޭއްވި ޖަލްސާގައި މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަގެ ޕާރމެނެންޓް ސެކްރެޓަރީ ވަނީ ބިގް ފިޝް ފެކްޓްރީ އިން ހަދިޔާ ކުރެއްވި އެއްލައްކަ ރުފިޔާގެ ޑޮނޭޝަން އާއި ހަވާލުވެވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް