ޕެޓިޝަންގައި ސޮއި ކުރަން ބޭނުން ކުރި މޭޒު ފުލުހުން ގެންގޮސްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ސޮއި ކުރުމަށް ބޭނުންކުރި މޭޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. އެމްޑީޕީން އިސްނަގައިގެން ކުރިޔަށް ގެންދާ އެ ހަރަކާތް ...

06 Apr 2015 | 09:05

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ސޮއި ކުރުމަށް ބޭނުންކުރި މޭޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެމްޑީޕީން އިސްނަގައިގެން ކުރިޔަށް ގެންދާ އެ ހަރަކާތް ކުރިޔަށް ގެންދަނީ ސޯސަން މަގުގައި ހުންނަ އެ ޕާޓީގެ އޮފީސް ކުރިމަތީގަ އެވެ.

ފުލުހުން ބުނީ ޕެޓިޝަންގައި ސޮއި ކުރުމަށް ބޭނުން ކުރަމުން ދިޔަ މޭޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހުނީ ހައުސިންގ މިނިސްޓްރީން ހުއްދަ ނުހޯދައި މަގުމަތީގައި މޭޒު ބަހައްޓައިގެން އެކަން ކުރާތީ ކަމަށެވެ. ނަމަވެސް މޭޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިވެސް ނުވާނެ ކަމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ބުނީ އެ މޭޒު ފުލުހުން ގެންދިޔަޔަސް ޕެޓިޝަންގައި ސޮއި ކުރުން އެމްޑީޕީ އޮފީސް ކުރިމަތީ ކުރިޔަށްދާނެ ކަމަށެވެ.

އެމްޑިޕީން ކުރިޔަށް ގެންދާ އެ ހަރަކާތް ފަށާފައިވަނީ އިއްޔެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް