އިދިކޮޅު އެމްޑީޕީއާއި އަދާލަތުން ކުރަމުންދފާ މުޒާހަރާތަކާއި ގުޅިގެން އަދާލަތު ޕާޓީ ޖުރިމާނާ ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މުރާޖައާކޮށް ދިނުމަށް އެޕާޓީން އެދިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނާއެކު އަދާލަތު ޕާޓިން މިއަދު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ރައީސް ޝެއިހް އިމްރާން އަބުދުﷲ ވިދާޅުވީ، އިލެކްޝަނުގެ އެ ނިންމުން މުރާޖާއާކޮށްދިނުމަށް އެ ޕާޓީގެ ފަރާތުން އެދުނީ ޖޫރިމަނާ ކުރަންޖެހޭ ފަދަ އަސާސްތަކެއްނެތި ޖޫރިމަނާކޮށްފައިވާތީ ކަމަށެވެ. އިމްރާން ވިދާޅުވީ އަދާލަތު ޕާޓީ ޖުރިމާނާ ކުރަން ނިންމި ނިންމުން އިލެކްޝަންސް ކޮމިޝަނަށް އަދި ވެސް މުރާޖައާ ކުރެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ހުރިހާ ޕާޓީއަކާއި މެދުއ ެއްހަމައަކުން އަމަލުކުރުމަށޤ އިލެކްޝަނަށް ދަންނަވާފައިވާނެ ކަމަށާއި އެގޮތުން އެމްޑީޕީއާއި އެ ޕާޓީއާއި ދެކޮޅަށް އެޅި ފިޔަވަޅު ޕީޕީއެމްއަށް ވެސް އެ އުސޫލުގެ މަތިން އަޅަންޖެހޭނެ ކަން ފާހަގަ ކުރިކަމަށެވެ. ނަމަވެސް އިލެކްޝަނުން ބުނީ ޕީޕީއެމްގެ މުޒާހަރާތެރެެއިން މޫނު ނިވާކޮށްގެން ތިބީ އެޕާޓީއާއި ގުޅުން ނެތް ބައެއްކަމަށް ޕީޕީއެމްއިން އިލެކްޝަނަށް އަންގާފައިވާކަމަށް އިމްރާން ވިދާޅުވި އެވެ.
އެހެންކަމުން ޕީޕީއެމުން ބާއްވާ މުޒާހަރާއެއްގައި އެޕާޓީއާއި ގުޅުން ނެތް ކަންތައްތަކެއް ހިނގާކަމަށް ވާނަމަ އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާތަކުގައި ވެސް އެފަދަ ކަންތައްތައް ހިނގައިދާނެ ކަމަށް އިލެކްޝަނުން ގަބޫލު ކުރަން ޖެހޭނެ ކަމަށް އިމްރާން ފާހަގަކުރެއްވި އެވެ.
މުޒާހަރާތަކައި ގުޅިގެން އަދާލަތު ޕާޓީވަނީ 33000 ރުފިޔާއިން ޖުރިމާނާކޮށްފައެވެ. އަދި އެމްޑީޕީ ވަނީ 46000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް