ރޭ މީހަކަށް ހަމަލާ ދިން މައްސަލައިގަ މީހަކު ހައްޔަރެއް ނުކުރޭ: ޕޮލިސް

ރޭ ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ. ރޭ 11:00 ހާއިރު މައްޗަން ގޯޅީގައި ހިނގި މާރާމާރީގައި ޒަހަމްވެފައިވަނީ 32...

06 Apr 2015 | 06:31

ރޭ ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.

ރޭ 11:00 ހާއިރު މައްޗަން ގޯޅީގައި ހިނގި މާރާމާރީގައި ޒަހަމްވެފައިވަނީ 32 އަހަރުގެ ފިރިހެނަކަށެވެ. ފުލުހުން އެމީހާއާއި ގުޅޭ މައުލޫމާތުތައް ހާމަނުކުރިނަމަވެސް އެނގިފައިވާ ގޮތުގައި ޒަހަމްވީ ށ. ފުނަދޫއަށް ނިސްބަތްވާ މީހެކެވެ.

އޭނާއަށް ރެ އައިޖީއެމްއެޗުން ފަރުވާ ދީފައިވާއިރު، ހާލު ރަނގަޅުކަމަށް ވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެމައްސަލަ ފުލުހުން މިހާރު ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިފަހަކަށް އައިސް މާލެތެރޭގައި މާރާމާރީއާއި މީހުން މެރުން އިތުރުވެފައިވާއިރު އެފަދަ މައްސަލަތަކާއި ގުޅުން ހުރި މީހުން ހައްޔަރު ކުރުމުގައި ގިނަ ދުވަސް ނަގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް