އަމާޒަކީ މި ހިނގާ މާރިޗު މަހުގެ 10 ގެ ނިއަލަށް ރޯދަ ހަދިޔާ ބަހައި ނިންމުން ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ވަޒީރު މިހެން ވިދާޅުވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ވަޒީރު ވިދާޅުވެފައިވަނީ އަމާޒަކީ މާރިޗް 10 (ހޯމަ)އިގެ ނިޔަލަށް ރޯދަ ހަދިޔާ ބަހާ ނިންމުން ކަމަށާއި ގއ. އަދި ގދ. އަތޮޅުގެ ހުރިހާ ރަށަކަށް ރޯދަ ހަދިޔާ މާދަމާ ފޯރާނެ ކަމަށެވެ.
"އޭރުން މުޅި ރާއްޖެ ކަވަރުވީ" ވަޒީރު ވިދާޅުވެފައިވެއެވެ.
ރޯދަ ހަދިޔާއާ ބެހޭ ގޮތުން ވަޒީރު ކުރެއްވި ޕޯސްޓާއެކު ރަމަޟާން މަހު މާލޭގައި ރޯދަ ހަދިޔާ ބެހުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ތަންތަން ހާމަކޮށް ވުޒާއިން ކޮށްފައިވާ ޕޯސްޓް ވެސް ހިމަނުއްވައިފައި ވެއެވެ.
މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ވެސް މި ރަމަޟާން މަހު ރޯދަ ހަދިޔާ ބަހަނީ ރޭގަނޑު 9.30 އިން 11.30 އަށެވެ. ރޯދަ ހަދިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ބަހަންފައްޓާފައިވާ ހަދިޔާއެކެވެ. އެ ގޮތުން މި އަހަރު ބަހަމުން އަންނަނީ މަސްދަޅު ކޭހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް