އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ލިވަޕޫލާއި ދެކޮޅަށް ކުޅެ މެންޗެސްޓަރ ޔުނައިޓެޑް 0-7 ގެ ނަތީޖާއިން ބަލިވި ބަލިވުމަކީ ބޮޑު ލަދުވެތިކަމެއް ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް ރޯއީ ކީން ބުނެފިއެވެ.
ކީން ބުނީ ޔުނައިޓެޑްގެ ފުޓްބޯޅަ ތާރީޚުގައި އެހާ ބޮޑު ބައްޔަކުން ބަލިވެފައި ނުވާކަމަށާއި ފަހުގެ ތާރީޚެއްގައި ޔުނައިޓެޑް އެފަދަ ނަތީޖާއަކުން ބަލިވުމަކީ ލަދުގަންނަން ޖެހޭވަރުގެ ކަމެއް ކަމަށެވެ.
ކީން ބުނީ އެފަދަ ބޮޑު ނަތީޖާއަކުން ޔުނައިޓެޑް ބަލިވިއިރު، އޭނާ ޓީމުގައި ނެތުމަކީ ނަސީބު ކަމަށާއި، މިއަދު އޭނާ ޔުނައިޓެޑުގައި ހުރިނަމަ ލަދުން ބޭރަށް ވެސް ނުކުންނަން ނުކެރޭނޭ ކަމަށެވެ. އަދި ކުރިޔަށް އޮތް މަސް ދުވަހު ހުންނާނީ ފިލައި ދަނޑަށް ވެސް ނާރާ ގޭގައި ކަމަށާއި އެއީ އެހާވެސް ލަދުވެތި ނަތީޖާއެއް ކަމަށް ކީން ބުންޏެވެ.
ކީން އިތުރަށް ބުނީ ލިވަޕޫލް އަތުން ޔުނައިޓެޑް ބަލިވި މެޗުގައި ސީނިއަރ އެއްވެސް ކުޅުންތެރިއެއްގެ ފަރާތުން ރަނގަޅު ލީޑަރޝިޕްއެއް ފެނިގެން ނުދާކަމަށާއި އެއީ ދެރަކަމެއް ކަމަށެވެ. އަދި މިހާރު މިއީ ވަރަށް ބޮޑަށް ކުލަބާއި މެދު ވިސްނަން ޖެހިފައިވާ ވަގުތެއް ކަމަށާއި ކުރިޔަށް އޮތް ތަނުގައި މިފަދަ ނަތީޖާތަކެއް ޔުނައިޓެޑާއި ދެކޮޅަށް ނެރުނަ ނުދިމުމަށް ރޭވުންތަކެއް ރާވަން ޖެހޭ ކަމަށެވެ.
" މިއީ ވަރަށް ލަދުވެތި ނަތީޖާއެއް. އަހަރެން އެ ޓީމުގައި ހުރިނަމަ މިއަދު އޮންނާނީ ލަދުން ގޭގައި ފިލާ. އަދި ކުރިޔަށް އޮތް މަސްދުވަހުގައި ވެސް ބޭރަށް ނިކުންނަން ނުކެރޭނެ. މިއީ ލަދުގަންނަން ޖެހޭ ކަމެއް." ރޯއީ ކީން ބުންޏެވެ.
ލިވަޕޫލް ދަނޑުގައި ރޭ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކުރީ 0-7 ގެ ނަތީޖާއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް