އިސްވެ ކޯލިޝަން ހެދުމުގެ ބާރު ގާސިމަށް ދީފި

އިސްވެ ކޯލިޝަން ހެދުމުގެ ބާރު ޖުމްހޫރީ ޕާޓީގެ ކައުންސިލުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދީފި އެވެ. މިގޮތަށް ނިންމީ މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމަށް ކައުންސިލް މެމްބަރު މުހައްމަދު ނ...

06 Mar 2023 | 11:37

އިސްވެ ކޯލިޝަން ހެދުމުގެ ބާރު ޖުމްހޫރީ ޕާޓީގެ ކައުންސިލުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދީފި އެވެ.

މިގޮތަށް ނިންމީ މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމަށް ކައުންސިލް މެމްބަރު މުހައްމަދު ނާޒިލް ހުށަހެޅުއްވި ގަރާރާއި މެދު މަޝްވަރާ ކުރުމަށް ފަހު އެވެ. ގަރާރު ފާސްވީ ކައުންސިލްގެ އިއްތިފާގުންނެވެ.

އެ ގަރާރުގައި ބުނެފައިވާ ގޮތުގައި ކޮންގްރެސްގައި ފާސްކުރި ގޮތަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަ ކުރަން ވާނެ އެވެ. އެކަމަކު އެ ޕާޓީގެ ނިންމުންތަކުގެ މައްޗަށް ޕާޓީ ހިންގުމުގެ އެންމެ އިސް ފަރާތަކީ ގާސިމް ކަަމަށް ވާތީ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާ ނަމަ ޖޭޕީ އިސްވެ އެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ބާރު ދިނުމަށް ހިމަނާފައިވެ އެވެ.

ފަހުގެ ނިންމުން ގާސިމް ނިންމެވުމަކީ  މަސްލަހަތު އެންމެ ރައްކާތެރިކުރެވޭނެ ގޮތް ކަމަށް ބުނެފައިވެ އެވެ.

މިގޮތަށް ފާސްވިޔަސް އިންތިހާބުގައި ޖޭޕީ ކުރިޔަށްދާނެ ގޮތެއް އެ ބައްދަލުވުމުގައި ގާސިމް ހާމަކުރައްވާފައެއް ނުވެ އެވެ.

ޖޭޕ އާއި ކޯލިޝަން ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަޝްވަރާ ކުރައްވާފައި އެވެ. އެގޮތުން ގާސިމްގެ އަރިހަށް އެމްޑީޕީގެ ފަރާތުން މަންދޫބުން ދިޔަ އިރު އެ ޕާޓީގައި ވަކި ފެކްޝަން ހަދައިގެން އުޅޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުންވެސް ވަނީ މަންދޫބުން ފޮނުވާފައި އެވެ.

އިދިކޮޅުން ބުނަމުން ދަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީން އެމްޑީޕީ އާއި އެކު ކޯލިޝަން ނުހަދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް