ނިޒާމްގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި

ތެޔޮ ބޯޓެއްގެ ފަޅުވެރިއެއް ކަމަށްވާ ބަންގްލަދޭޝްގެ އުމުރުން30 އަހަރުގެ މުހައްމަދު ލިޓަން މަރާލި މައްސަލައިގަ ހައްޔަރު ކޮށްފައި ހުރި މުހައްމަދު ނިޒާމްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ. މިދިޔަ ޖެނު...

06 Mar 2023 | 08:54

ތެޔޮ ބޯޓެއްގެ ފަޅުވެރިއެއް ކަމަށްވާ ބަންގްލަދޭޝްގެ އުމުރުން30 އަހަރުގެ މުހައްމަދު ލިޓަން މަރާލި މައްސަލައިގަ ހައްޔަރު ކޮށްފައި ހުރި މުހައްމަދު ނިޒާމްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މިދިޔަ ޖެނުއަރީ މަހު ނިޒާމް ހައްޔަރު ކުރީ މަރެއްގެ ތުހުމަތުގައި މާލޭގެ ގެސްޓު ހައުސްއަކުންނެވެ. އޭރުވެސް ލިޓަން ފެނިފައި ނުވާއިރު މިހާތަނަށްވެސް މަރަލާފައިވާ ލިޓަންގެ ހަށިގަނޑު ފެނިފައިއެއް ނުވެ އެވެ.

އެ މައްސަލައިގަ އޭނާ ބަންދުކޮށްފައި ހުރީ60 ދުވަހަށެވެ. އެ މުއްދަތު ހަމަވެގެން އިއްޔެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ޖަހައި ދިނީ30 ދުވަސް ކަމަށް ފުލުހުން ބުނެ އެވެ. އެއީ ދައުވާ ކޮށްފައިވާ މައްސަލައަކަށް ވާތީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުަމާއި މެދު ދެން ގޮތް ނިންމަން ޖެހޭނީ މައްސަލަ ބައްލަވާ ގާޒީ ކަމަށްވާތީ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގަ ދައުލަތުން ވަނީ ނިޒާމްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައި އެވެ.

އެއީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މަސްތުވާތަކެތި ގެންގުޅުމުގެ ދައުވާ އާއި ވައްކަމުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނީ ލިޓަންގެ ހަށީގަނޑު ނުފެނުނު ނަމަވެސް ނިޒާމާއި ދެކޮޅަށް ހެކި އެބަހުރި ކަމަށެވެ. އެގޮތުން ނިޒާމް ލިޓަން މަރާލީ މޫދަށް ކޮއްޕާ ވައްޓާލައިގެން ކަމަށާއި އޭނާ ވަނީ ލިޓަންގެ51،000 ރުފިޔަވެސް ވަގަށް ނަގާފައި ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް