މުލީ ބަނދަރަށް ބޭނުންވާ ކޮންގްރީޓު ގަލުގެ ދެ ވަނަ ޝިޕްމެންޓު ގެންގޮސްފި

މ. މުލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފި އެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ. މި މަޝްރ...

06 Mar 2023 | 07:26

މ. މުލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފި އެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން، 33،888 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ބޭސިން ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 6،254 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރާނެ އެވެ.

މީގެ އިތުރުން 465 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 89 މީޓަރު ސައަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށްވެސް ހަމަޖެހިފައިވެ އެވެ. އެމްޓީސީސީން ބުނީ މަޝްރޫއު ނިމޭއިރު 479 މީޓަރު ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 3 މީޓަރު ފުޅާމިނުގެ ބްރިޖެއް އެޅުމާއި، 2،730 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމެންޓް އަޅާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

މި މަޝްރޫޢުއަކީ 61.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް