ހަތް ރަށެއްގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކުގެ މަސައްކަތް ހަފްތާއެއް ތެރޭގައި ހަވާލު ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އާ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫގެ އިތުރުން ތ. ވިލުފުށީގަ އެވެ. އެއިން ކޮންމެ ރަށެއްގައި ވެސް އަޅަން ނިންމާފައިވަނީ 30 އެނދުގެ ހޮސްޕިޓަލެވެ.
މިނިސްޓަރު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ އެ ހޮސްޕިޓަލްތައް ބަޔަކާއި ހަވާލު ކުރުމުގެ އިވެލުއޭޝަން ވަނީ ނިމިފައި ކަމަށެވެ.
ޓެންޑާ މަރުހަލާގައި މިހާރު އޮތް އިރު ހަފްތާއެއްގެ ތެރޭގައި އެވޯޑްކޮށް، ނޯ އޮބްޖެކްޝަނަށް ކުވައިތު ފަންޑަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.
މި ހޮސްޕިޓަލްތައް އަޅާނެ ބަޔަކު ހޯދަން ހުޅުވާލީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އެވެ.
މި ހޮސްޕިޓަލުތަކުގެ އިތުރުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހަތަރު ހޮސްޕިޓަލް އެޅުމުގެ މަސައްކަތްވެސް މި ސަރުކާރުން ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް