ޕާކިސްތާނުގެ އިގްތިސާދު ދަށަށް ދިއުމުގެ ސަބަބުން ކާބުލް އާއި އިސްލާމްއާބާދުގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ ކަމަށް އަފްޣާނިސްތާނުގެ ޗެމްބަރ އޮފް ކޮމާސް އެންޑް އިންވެސްޓްމަންޓް (އޭސީސީއައި) އިން ބުނެފި އެވެ.
އޭސީސީއައި އިން ބުނާ ގޮތުގައި އަފްޣާނިސްތާނާއި ޕާކިސްތާނުގެ ވިޔަފާރި ތިން ބިލިއަން ޑޮލަރާ ގާތްކުރި ނަމަވެސް ފަހަކަށް އައިސް ވަނީ ދަށްވެފަ އެވެ.
ޓޯލޯ ނިއުސްއާ ހަވާލާދީ އޭސީސީއައިގެ މެމްބަރެއް ކަމަށްވާ ޚަންޖަން އަލޮކޮޒައި ބުނީ ޤައުމުގެ ވިޔަފާރި ދުވަހުން ދުވަހަށް ގޯސްވަމުން އަންނަ ކަމަށެވެ. ޕާކިސްތާނުގެ އިޤްތިޞާދަށް ކުރާ އަސަރުގެ އިތުރުން ޕާކިސްތާނުގެ ރުފިޔާގެ އަގު ދަށްވުމުން އިމްޕޯޓަށްވެސް ދަނީ އަސަރު ކުރަމުންނެވެ.
އިގްތިސާދީ މާހިރުން ބުނާ ގޮތުގައި ޕާކިސްތާނުގެ އިގްތިސާދީ ދަތިކަމުގެ ސަބަބުން ޕާކިސްތާނުގައި ތިބި އަފްޣާން ރެފިއުޖީންގެ ދިރިއުޅުމަށް އަސަރު ކުރަމުންދާއިރު، އަފްޣާނިސްތާނުގެ އެތެރޭގެ ރައްޔިތުންގެ އިގްތިސާދީ ހާލަތަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ އެވެ.
ނަންގަރްހާރުގެ ޗެމްބަރ އޮފް ކޮމާސް އެންޑް އިންވެސްޓްމަންޓްގެ މެމްބަރެއް ކަމަށްވާ ޒަލްމައި އާޒިމީ ވިދާޅުވީ، ޕާކިސްތާނުން އަފްޣާނިސްތާނަށް އެކްސްޕޯޓް ކުރާ މިންވަރު ދަށްވެފައިވާ ކަމަށެވެ. ސަބަބަކީ ޕާކިސްތާނަށް އިގްތިސާދީ ދަތިކަމެއް ކުރިމަތިވެ، ގޭހާއި ތެލުގެ އަގު ތިންގުނައަށް އިތުރުވެފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް