ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ބޮޑެތި ޔުނިވާސިޓީތަކާ އެކު ޔޯގާ ޕްރޮމޯޓް ކުރުމަށް ބައެއް އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށް ސައުދީ ޔޯގާ ކޮމިޓީގެ ރައީސް ނޫފް އަލް މަރްވާއީ ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާއިން އެގައުމުގެ ޔުނިވާސިޓީތަކުގައި ޔޯގާ ތައާރަފް ކުރަން ނިންމާފައި ވަނީ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް ޔޯގާގެ މުހިންމުކަމުގެ ސަބަބުން ކަމަށް އަރަބް ނިއުސް އިން ބުނެފި އެވެ.
ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ބޮޑެތި ޔުނިވާސިޓީތަކާ އެކު ޔޯގާއަށް ތާއީދުކޮށް ޕްރޮމޯޓް ކުރުމަށް ބައެއް އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށް ސައުދީ ޔޯގާ ކޮމިޓީގެ ރައީސް ނޫފް އަލް މަރްވާއީ ވިދާޅުވެއްޖެ އެވެ.
"ޔުނިވާސިޓީތަކުގައި އާ ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުން" ގެ ނަމުގައި ކުރިއަށް ގެންދިޔަ ހަތަރު ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމުގައި އަލްމަރްވާއީ ވިދާޅުވީ ޔުނިވާސިޓީތަކަށް ޔޯގާ ތައާރަފް ކުރުމަށް ކޮމިޓީން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށާއި ސިއްހަތާއި ދުޅަހެޔޮކަމަށް ޔޯގާ ޕްރެކްޓިސް ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލާފައިވާ ކަމަށެވެ ހަބަރުތައް. "ޔޯގާގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ބުނީ ޔޯގާ އަކީ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ހަމައެކަނި މެޑިޓޭޝަން އާއި ރިލެކްޝަން ނޫން ކަމަށާއި "އޭގެ ތެރޭގައި އަސާނާ ޕޯސްޗާ ޕްރެކްޓިސް، ޕްރަނާޔަމާސް ބްރީތިން ޓެކްނިކްސް، ބަންދާސް މަސް ކޮންޓްރޯލް (އަދި) ދެން އަންނަނީ ދަޔަން އަދި ޔޯގާ ނިދްރާ މެޑިޓޭޝަން އަދި ރިލެކްޝަން" ކަމަށެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ އެ ކޮމިޓީގެ އަމާޒަކީ އާންމުކޮށް ހުރިހާ ބާވަތެއްގެ ޔޯގާ ނުވަތަ ޔޯގަސާނާ ކުޅިވަރުތަކުގައި ފާހަގަކޮށްލެވޭ ޔޯގާ ޕްރެކްޓިޝަނަރުންގެ ހުނަރު ހޯދުމާއި، އެމީހުންގެ ހުނަރު ފުރިހަމަކޮށް، ލޯކަލް އަދި އިންޓަނޭޝަނަލް މުބާރާތްތަކުގައި ބައިވެރިވެ ރަސްކަން ތަމްސީލުކުރުމަށް އެހީތެރިވުން" ކަމަށެވެ. މިކަން އިއުލާންކޮށްފައިވަނީ ދާދިފަހުން ރިޔާލުގައި ސައުދީ ޔުނިވާސިޓީސް ސްޕޯޓްސް ފެޑެރޭޝަނުން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން އިންތިޒާމްކުރި 'ކުޅިވަރުގައި ރަސްކަމުގެ ތަސައްވުރަށް އެހީތެރިވުމުގައި ޔުނިވާސިޓީ ސްޕޯޓްސްގެ ދައުރު' ގެ ނަމުގައި ބޭއްވި ފޯރަމެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް