މިއަހަރުގެ ރޯދަ މަހަށްވެސް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަދުރު ހަދިޔާ ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މިއަހަރުވެސް ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވަނީ50 ޓަނުގެ ކަދުރު ކަމަށެވެ.
އެ ހަދިޔާ ރާއްޖެއަށް ދޭން ނިންމާފައިވާކަން ސައުދީން އަންގާފައިވާ ކަމަށް ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ކަދުރު ރާއްޖެއަށް ލިބުނުހާ އަވަހަކަށް ބެހުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މީގެ ކުރިން ރާއްޖޭގެ ހުރިހާ ގޭގެއަށް ކަދުރު ދިން ނަމަވެސް މިހާރު ސައުދީން ހަދިޔާ ކުރާ ކަދުރު ދެނީ ފަގީރުންގެ ދަފްތަރުގައި ހުންނަ މީހުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ. ދެން ދެނީ ދައުލަތުގެ ބެލުމުގެ ދަށުން ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް