ރޯދަ 1444: ރޯދަވީއްލުން ދިނުމުގެ ނަމުގައި ޗަންދާ ނުނެގުމަށް ސައުދީން އިމާމުންނަށް އަންގައިފި

ކުރިއަށް އޮތް ރޯދަމަހު ރޯދަވެރީންނަށް ރޯދަވީއްލުން ދިނުމުގެ ނަމުގައި ޗަންދާ ނުނެގުމަށް ސައޫދީ އަރަބިއްޔާއިން އެ ގައުމުގެ އިމާމުންނާއި މުއެއްޒިނުންނަށް އަންގައިފިއެވެ. މި އެންގުން އަންގާފައިވަނީ އެ ގައ...

06 Mar 2023 | 03:46

ކުރިއަށް އޮތް ރޯދަމަހު ރޯދަވެރީންނަށް ރޯދަވީއްލުން ދިނުމުގެ ނަމުގައި ޗަންދާ ނުނެގުމަށް ސައޫދީ އަރަބިއްޔާއިން އެ ގައުމުގެ އިމާމުންނާއި މުއެއްޒިނުންނަށް އަންގައިފިއެވެ.

މި އެންގުން އަންގާފައިވަނީ އެ ގައުމުގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާސް، ކޯލް އެންޑް ގައިޑެންސް، ޝައިޚް ޑރ. އަބްދުއްލަތީ އަލް-ޝައިޚް ނެރުއްވި ސާކިއުލާއެއްގައެވެ.

އެ ސާކިއުލާގައިވާގޮތުން އެ ގައުމުގެ ހުރިހާ މިސްކިތެއްގައިވެސް ރޯދަ ވެރީންނަށް ރޯދަ ވީއްލޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާނެއެވެ.

އެ ސާކިއުލާގައި އިމާމުންނާއި މުއެއްޒިނުންގެ ކިބައިން މިނިސްޓަރު އެދިލައްވާފައިވަނީ ރޯދަ މަހު ބަރާބަރަށް ގަޑިން ގަޑިއަށް ބަންގި ގޮވުމާއި މިސްކިތްތަކުގައި ނަމާދު ކުރުން ބުރޫ ނާރާނެފަދަގޮތެއްގައި ކުރިއަށް ގެންގޮސްދިނުމަށެވެ. އަދި ތަރާވީހާއި ތަޖައްހުދުގެ އިންތިޒާމުތައް ހަމަޖައްސައި ބަރާބަރަށް ކުރިއަށް ގެންދިއުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް