ރޮހިންޖާ ކޭމްޕުތަކުގައި އަލިފާން ރޯވެ އެތައް ހާސް ބަޔަކު މަގުމަތިވެއްޖެ

ބަންގްލަދޭޝްގެ ކޮކްސަސް ބާޒާރުގައި ގާއިމުކޮށްފައިވާ ރޮހިންޖާ ކޭމްޕުތަކުގައި އަލިފާން ރޯވެ އެތައް ހާސް ބަޔަކު މަގުމަތިވެއްޖެއެވެ. ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިއަދު ފަތިހުގެ ވަގުތެއ...

06 Mar 2023 | 02:50

ބަންގްލަދޭޝްގެ ކޮކްސަސް ބާޒާރުގައި ގާއިމުކޮށްފައިވާ ރޮހިންޖާ ކޭމްޕުތަކުގައި އަލިފާން ރޯވެ އެތައް ހާސް ބަޔަކު މަގުމަތިވެއްޖެއެވެ.

ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިއަދު ފަތިހުގެ ވަގުތެއްގައި ހިނގި އަލިފާނުގެ މިހާދިސާގައި އެ ސަރަހައްދުގެ ދެ ހާހަށްވުރެ ގިނަ ކޭމްޕްގައި އަލިފާން ރޯވެ އަނދާފައިވެއެވެ.

މި ހާދިސާގައި މީހަކަށް އަނިޔާއެއްވިކަމެއް އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ސަލާމަތީ ސަރަހައްދުތަކަށް މީހުން ގެންދިއުމުގައްޔާއި އަލިފާން ކޮންޓްރޯލް ކުރުމުގައި ކަމާއިބެހޭ ފަރާތްތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ކޮކްސަސް ބާޒާރުގެ ކޭމްޕްތަކަކީ 2017 ގައި ބަރުމާގެ ރޮހިންޖާ މުސްލިމު ދަރިފަސްކޮޅާ ދެކޮޅަށް އެ ގައުމުން ހިންގި ގަތުލުއާންމާއި ގުޅިގެން ބަރުމާ ދޫކޮށް ބަންގްލަދޭޝް އަށް ހިޖުރަކުރި މުސްލިމުން ދިރިއުޅެމުން އަންނަ ކޭމްޕްތަކެކެވެ. އެ ކޭމްޕްތަކުގައި މިލިޔަނަކަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅެމުން ގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް