ފަސްކުރި އެމްޑީޕީ ޕީޖީ ޑެޕިއުޓީ ލީޑަރު ހޮވުން މާދަމާ ބާއްވަނީ

ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ހޮވުމަށް ބާއްވާ އިންތިހާބު މާދަމާއަށް ތާވަލުކޮށްފި އެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ވޯޓު ނ...

06 Mar 2022 | 17:02

ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ހޮވުމަށް ބާއްވާ އިންތިހާބު މާދަމާއަށް ތާވަލުކޮށްފި އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ވޯޓު ނެގީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ދެ މެމްބަރުން ތިއްބަވާއިރު ދެ ވަނަ މެމްބަރަކު ކަނޑަނޭޅުނީ ވޯޓު އެއްވަރުވުމުންނެވެ.

މި އިންތިހާބުގައި ވާދަ ކުރެއްވީ މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އެވެ. ބިގޭއަށް 49 ވޯޓު ލިބިވަޑައިގެން މަގާމު ލިބިވަޑައިގެންނެވި އިރު އަނދުން ހުސައިން އާއި އިލްޔާސްއަށް ލިބިވަޑައިގެންނެވީ34 ވޯޓެވެ.

މާދަމާ ވޯޓު ނަގާނީ އިލްޔާސް އާއި އަނދުން ހުސައިންގެ މެދުގައި އެވެ. މާދަމާ ވޯތު ނެގުން ކުރިޔަށް ގެންދަން ނިންމާފައި މިވަނީ މިދިޔަ މަހުގެ28 ވަނަ ދުވަހުވެސް މި އިންތިހާބު ބޭއްވުމަށް ނިންމުމަށް ފަހު ފަސް ކޮށްފައި ވަނިކޮށެވެ.

ވޯޓުލުން ކުރިޔަށް ގެންދަން ނިންމާފައިވަނީ މާދަމާ މެންދުރު ފަހު2:00 ން ހަވީރު4:00 އަށެވެ.

މިދިޔަ މަހު ބޭއްވި އިންތިހާބުގައި އިންތިހާބުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކާމިޔާބު ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ކެންޑިޑޭޓް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަން އަސްލަމް ކާމިޔާބު ކުރެއްވީ 40 ވޯޓުންނެވެ. އަސްލަމްއާއި ވާދަކުރެއްވި މިހާރު ވެސް އެ މަގާމު ފުރުއްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ލިބިވަޑައިގަތީ 25 ވޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް