ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތައްވެސް މިހާރު ރަޝިއާގައި ބޭނުން ނުކުރެވޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބައިނަލްއަގުވާމީ ބޭންކިން މުއާމަލާތްތަކުގައި ބީއެމްއެލްގެ ކަސްޓަމަރުން ބޭނުން ކުރަނީ އެމެރިކަން އެކްސްޕްރެސް އާއި ވިސާ ޑެބިޓް ކާޑާއި މާސްޓާ ކާޑެވެ. މި ދެ ކާޑުގެ ހިދުމަތްދޭ ދެ ކުންފުނިން ވަނީ ރަޝިއާގައި އެ ކުންފުނީގެ ހިދުމަތްތައް މެދުކަނޑާލާފަ އެވެ.
ބީއެމްއެލްއިން ބުނީ ރަޝިއާ ބޭންކުތައް މެދުވެރޮށް އެ ކާޑުތައް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުންް މާޗަންޓުންނަށް ފައިސާ ނުލިބޭނެ ކަމަށެވެ. މިއާއެކު ރާއްޖޭގައި ތިބި ރަޝިއާގެ ޓޫރިސްޓުންނަށް ވެސް އެ ކާޑުތައް ބޭނުންކޮށްގެން ފައިސާ ނުދެއްކޭނެ އެވެ.
ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފެށުމުން ރަޝިއާ އާއި ދެކޮޅަށް މާސްޓާ ކާޑާއި ވިސާ ކުންފުނިން މި ފިޔަވައަޅު އެޅި އިރު ރަޝިއާގައި ދވެހި ދަރިވަރުންތަކެއް މަތީ ތައުލީމް ހާސިލް ކުރަން ގޮސް އެބަތިއްބެވެ. އަދި މަދުން ނަމަވެސް ދިވެހިން އެ ގައުމުގަިއ ދިރިއުޅެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ރަޝިއާގައި ދަރިވަރުން ތައުލީމު ހާސިލް ކުރި ޔުނނިވާސިޓީތަކާއި ސަރުކާރުން މުއާމަލާތް ކުރި ކަމަށެވެ. އެކަމަކު އޮންލައިންކޮށް ކިޔެވުން ކުރިޔަށް ގެންދަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް އެންގާފައިވާތީ ޔޫކްރެއިން އިން ދިވެހިން ގެނައި ގޮތަށް ރަޝިއާގައި ތިބި ދިވެހިން ނުގެންނާނެ ކަމަށެވެ.
އެކަމަކު ސަރުކާރުގެ އެހީއަށް އެދި، ރާއްޖެ އަންނަން ބޭނުންވާ ރަޝިއާ އާއި ބެލަރުސްގައި ތިބި ދިވެހިން ސަރުކާރު ހަރަދުގައި ގެނައުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް