ސްޓެލްކޯގެ އެމްޑީގެ ފުރަތަމަ ވައުދު، އަންހެން މުވައްޒަފުންނަށް އޮފީހުގައި ނަމާދު ގެއެއް ހަދަނީ

ސްޓެލްކޯގެ އަންހެން މުވައްޒަފުންނަށް އޮފީހުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. ސްޓޭލްކޯގެ އޮފީހުގައި މިހާރު އިންތިޒާމްތައް ހަމަޖެހިފައި އޮންނަ ގޮތުން ނަމާދު...

06 Mar 2022 | 14:59

ސްޓެލްކޯގެ އަންހެން މުވައްޒަފުންނަށް އޮފީހުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ސްޓޭލްކޯގެ އޮފީހުގައި މިހާރު އިންތިޒާމްތައް ހަމަޖެހިފައި އޮންނަ ގޮތުން ނަމާދު ކޮޓަރީގައި ނަމާދު ކުރެވެނީ ފިރިހެން މުވައްޒަފުންނަށެވެ.

އަންހެނުންނަށް ހާއްސަކޮށް ނަމާދު ކުރުމަށް ކޮޓަރިއެއް ނުކުރެ އެވެ.

މި މަސައްކަތް ފެށީ އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މުވައްޒަފުންނާއި ބައްދަލު ކުރެއްވުމުން އަންހެން މުވައްޒަފުން އެކަމަށް އެދުމުންނެވެ.

ސްޓެލްކޯއިން ބުނީ ޝަރީފު މުވައްޒަފުންނާއި ބައްދަލު ކުރެއްވީ މިމަހުގެ ދެ ވަނަ ދުވަހު ކަމަށެވެ.

ޝަރީފު ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރީ މި މަހުގެ އެއް ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް