ހުޅުމާލޭ ފޭސް ދޭއްގައި ޒަހަމްތަކަކާއެކު މަގުމަތީގައި އޮތް ބިދޭސީއަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލުން ވިދާޅުވީ އަނިޔާތަކެއް ލިބިފައި އޮތް ބިދޭސީއެއް ހުޅުމާލެ މަގުމަތީގައި އޮތްކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
"އެމީހާ މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށެވެ.
މިކަމުގައި ހުޅުމާލޭ ހޮސްޕިޓަލްގެ ބަހެއް ހޯދާލަން ކުރި މަސައްކަތް، އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް