15 ދުވަހުގެ ޖަލުހުކުމް ފުރިހަމަކޮށް އަޑުބަރޭ މިނިވަންވެއްޖެ

ޖިންސީ ފުރައްސާރައިގެ މައްސަލަ ތަކަކާއި ގުޅިގެން ދައުވާ ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ފުރަން ޖާމިނުވެ، އޭނާ ޝަރީއަތަށް ހާޒިރުކޮށް ނުދީގެން 15 ދުވަހަށް ޖަލަށްލި، ...

06 Mar 2022 | 09:23

ޖިންސީ ފުރައްސާރައިގެ މައްސަލަ ތަކަކާއި ގުޅިގެން ދައުވާ ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ފުރަން ޖާމިނުވެ، އޭނާ ޝަރީއަތަށް ހާޒިރުކޮށް ނުދީގެން 15 ދުވަހަށް ޖަލަށްލި، ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ހުކުމް ތަންފީޒުކޮށް ނިމިގެން މިއަދު މިނިވަން ވެއްޖެ އެވެ.

އަސްހަދަށް ޣައިރު ހާޒިރުގައި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު އޭނާ އިނގިރޭސި ވިލާތުގައި ހުއްޓަ އެވެ. ނަމަވެސް މިދިޔަ މަހުގެ 19 ގައި އަސްހަދު ރާއްޖެ އައިސް އަމިއްލަ އަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ދިޔައީ އެވެ.

އަސްހަދުގެ މައްޗަށް ކުރި ހުކުމުގައި ވަނީ އަލީ ވަހީދު ގެންނަން ޖާމިނުވި މީހާ ކުރި މަސައްކަތެއް އެނގެން ނެތް ކަމަށެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ވިދާޅުވެފައިވެ އެވެ.

15 ދުވަހުގެ ޖަލުހުކެއް ތަންފީޒު ކުރިނަމަވެސް އަސްހަދުގެ މައްޗަށް އަލީ ވަހީދަށް ޖާމިނުވުމުގެ އެއްބަސްވުމާ ހިލާފުވެފައިވާތީ އޭނާގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމެއް އިއްވައިދޭން އެދިފައިވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް