އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓުން އައްޔަންކޮށް ލިޔުން ޙަވާލުކޮށްފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އިން ދިވެހިރާއްޖެ އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން އައްޔަނުކޮށް އެފަރާތަކަށް ރަސްމީކޮށް އ...

06 Mar 2022 | 09:05

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އިން ދިވެހިރާއްޖެ އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން އައްޔަނުކޮށް އެފަރާތަކަށް ރަސްމީކޮށް އޭޖެންޓް ކަމުގެ ލިޔުންހަވާލު ކުރެވިއްޖެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އޭޖެންޓު ކަމަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މިއަދާއި ހަމައަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެސްޓީއޯއިން އެތެރެކުރާ ބުރޭންޑްތަކުގެ މުދާ ފޯރުކޮށްދޭނެ 136 ޕީޕަލްސް ޗޮއިސް އޭޖެންޓުން އައްޔަނުކުރެވިފައިވާނެއެވެ.

އެސްޓީއޯ އިން މިއަދު ބޭއްވުނު ޕީޕަލްސް ޗޮއިސް އޭޖެންޓުން އައްޔަނު ކުރުމުގެ އިވެންޓުގައި އެސްޓީއޯގެ ޕްރޮޑަކްޓްސް ތަކުގެ މައުލޫމާތު މި އޭޖެންޓުންނާއި ހިއްސާ ކުރެވިފައި ވާނެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓު ތައާރަފު ކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް އެސްޓީއޯ އިން އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ ފަސޭހައިން ލިބޭނެ ގޮތް މަގު ފަހިވެ، އަތޮޅު ތަކުގައި ތިބި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމެވެ. ޕީޕަލްސް ޗޮއިސް އޭޖެންޓު ކަމަށް ކުޑަ މުއްދަތެއްގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާއިރު، މި ކަމުގައި ވިޔަފާރިވެރިން ދެއްވަވާ އެއްބާރުލުން  ފާހަގަކޮއްލެވެއެވެ.

މިހާތަނަށް ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްރަށުގައި އެސްޓީއޯ ސްޓޭޕަލް އޭޖެންޓް އަދި އެސްޓީއޯ ކޮންސްޓްރަކްޝަން އޭޖެންޓުން ތިބިއިރު މި ފަރާތްތަކަށްވެސް އެސްޓީއޯ ޕީޕަލްޗޮއިސް މުދާ ވިއްކުމުގެ އެޖެންޓަކަށް ވެވިދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް