މާލެ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރަން ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ނިންމައިފި އެވެ.
މިގޮތަށް ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލާއި އެކު ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯއިން ބޮޑު ކުރަމުންދާތީ އެވެ. ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރާނި އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
ޓެކްސީ ސެންޓަރުތަކުން މިގޮތަށް ނިންމީ ހުޅުމާލެ އާއި މާލޭގެ ހުރިހާ ޓެކްސީ ސެންޓަރުތަކެއް ގުޅިގެން މަޝްވަރާ ކުރުމަށް ފަހު އިއްތިފާގުންނެވެ. ސެންޓަރުތަކުން ބުނީ ދަތުރުތަކުގެ އަގޮ ބޮޑު ކުރަން ނިންމީ އަށް ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގު14 ރުފިޔާއަށް އެރުމުން ކަމަށެވެ.
ޓެކްސީ ދަތުރުތަކަށް ގެންނަން ނިންމާފައިވާ ބަދަލު:
މާލޭގެ އެތެރޭގެ ދަތުރެއް- 30 ރުފިޔާ
- ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ ދަތުރުތައް - 25 ރުފިޔާ
- މާލެއިން ހުޅުމާލެ އަށް - 100 ރުފިޔާ
- މާލެ އާއި ހުޅުމާލެ އިން އެއާޕޯޓަށް - 80 ރުފިޔާ
- ހުޅުމާލޭގެ ފޭސް ދެއަކުން މާލެ އަށް - 120 ރުފިޔާ
- ހުޅުމާލޭގެ ފޭސް އެކަކުން ހުޅުމާލޭގެ ފޭސް ދެއަކަށް - 40 ރުފިޔާ
- މާލެ އާއި ހުޅުމާލެ އިން ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
- ހުޅުމާލޭގެ ފޭސް ދެއަކުން ސީޕްލޭން ޓާމިނަލަށް - 120 ރުފިޔާ
މީގެ އިތުރުން ރޭ ގަނޑު12:00 އާއި ހެނދުނު6:00 އާއި ދެމެދު ކުރާ ދަތުރުތަކަށް ފަސް ރުފިޔާ އިތުރު ވާނެ އެވެ.
މި ނިންމުމާއި ގުޅޭގޮތުން ޓްރާންސްޕޯޓު އޮތޯރިޓީން އަދި އެއްޗެއް ނުބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް