ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށް

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން މިއަދު ބުނީ މިހާރު ހިއްކާފައިވާ ސަރަހައް...

06 Mar 2022 | 07:33

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މިހާރު ހިއްކާފައިވާ ސަރަހައްދުގެ ބިން އެއްވަރު ކުރުމާއި،  ކޮންނަންޖެހޭ ސަރައްހައްދު ކޮނުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.

މިމަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި، ރިވެޓްމެންޓް ޖެހުމާއި އަދި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 18.2 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް