ރޯދަމަހު، ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރެވޭނެ: އެސްޓީއޯ

މިއަހަރުގެ ރަމަޟާންމަހުވެސް ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެންދިޔަނުދީ އެއަގުތައް ކޮންޓްރޯލްކޮށްގެން ހިފެހެއްޓުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުން އަންނަކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސަ...

06 Mar 2022 | 07:30

މިއަހަރުގެ ރަމަޟާންމަހުވެސް ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެންދިޔަނުދީ އެއަގުތައް ކޮންޓްރޯލްކޮށްގެން ހިފެހެއްޓުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުން އަންނަކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސް އަށް ދިން އިންޓަވިއުއެއްގައެވެ.

އަމްރު ވިދާޅުވީ، މިއަހަރުގެ ރަމަޟާންމަހަށްވެސް އެސްޓީއޯގެ އެންމެ ބޮޑު އެއް ބޭނުމަކީ ހުސްނުވެ ބާޒާރުގައި ތަކެތި ބެހެއްޓުމާއި، އަގު އިންތިހާއަށް ބޮޑުވެގެންދިޔަނުދީ އެއަގުތައް ކޮންޓްރޯލްކޮށްގެން ހިފެހެއްޓުންކަމަށެވެ. މިކަން ހާސިލްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އަމްރު ފާހަގަކުރެއްވިއެވެ.

އެގޮތުން ޝެޑިއުލްކޮށްގެން ރަމަޟާންމަހު އެންމެ ޑިމާންޑް ބޮޑުވާ ތަކެތިކަމަށްވާ ފިޔާ، ބިސް އަދި އަލުވީގެ ޝިޕްމަންޓްތައް މިހާރު ގެނެސްފައިވާކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައިވެސް ފިޔާ، ބިސް އަދި އަލުވީގެ އަގުތައް ހުންނާނީ މާލެއާ އެއް އަގެއްގައިކަމަށެވެ. އަދި އެސްޓީއޯއިން ވިސްނާފައި އޮތީ އަގުތައް އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ރާއްޖޭގެ އުތުރާއި ދެކުނަށް ސީދާ ބޭރުން ޝިޕްމަންޓްތައް ގެނައުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

ރޯދަމަހަކީ އަބަދުވެސް އެހެން މަސްމަހާ އަޅާ ބަލާއިރު ތަކެތީގެ ޑިމާންޑް ބޮޑު މަހެކެވެ. ވަކިން ހާއްސަކޮށް އެސްޓީއޯ އަށްށެވެ. އެހެންކަމުން އެ ކުންފުނިން ވަނީ ރޯދައަށް ސްޕަމާޓް ބޮޑުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް