މެދުއިރުމަތީގެ މަޝްހޫރު ނޫސްމަޖައްލާތަކުގެ އެޑިޓަރުންނާއި ލިޔުންތެރިން ހިމެނޭ ގްރޫޕެއް ރާއްޖެ އިސްތިހާރުކުރުމަށް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އައިސްފިއެވެ.
އެމްއެމްޕީއާރުސީން ބުނީ މި ޓީމުގައި މެދުއިރުމަތީގައި މަޤްބޫލު ލައިފްސްޓައިލް މަޖައްލާތަކުގެ ލިޔުންތެރިން ބައިވެރިވާކަމަށެވެ. މި ޓީމުން ރާއްޖެއަށް ކުރާ ދަތުރުގައި ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަން ތަޖުރިބާކޮށް އިސްތިހާރުކުރާނެއެވެ.
އެމްއެމްޕީއާރުސީން ބުނީ މި ޕެމިލިއަރައިޒޭޝަން ދަތުރުގެ އެންމެ ބޮޑު އެއް ބޭނުމަކީ މެދުއިރުމަތީގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުންކަމަށެވެ. ވަކިން ޚާއްސަކޮށް ސައުދީ ޢަރަބިއްޔާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ދަމަހައްޓައި އެ ޤައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަކީ މި ދަތުރުގެ އެންމެ މުހިންމު އެއް ބޭނުންކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.
އެމްއެމްޕީއާރުސީން ބުނީ މި ދަތުރުގައި ކުރެވޭ ތަޖުރިބާއާއި ރާއްޖެއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ އެކިއެކި ޕްރޮޑަކްޓްތަކާ ގުޅޭގޮތުން މި ލިޔުންތެރިން ލިޔުންތައް ލިޔާނެކަމަށެވެ. އަދި ސޯސަލް މީޑިއާގައި މި ލިޔުންތައް ހިއްސާކޮށް، މި ލިޔުންތަކުގެ ސަބަބުން މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ.
މި ލިޔުންތެރިންގެ ޓީމް ރާއްޖޭގައި މަޑުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުން 10 ވަނަ ދުވަހާ ހަމައެށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް