މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގެ ސްކިލްސް ފޯރ އަ ރެޒިލިއެންޓް ވޯކްފޯސް ޕްރޮގްރާމް މެދުވެރިކޮށް އެމްއައިޓީ އާއި ހަވާލު ކުރެވިފައިވާ 5 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި ކޯސް ތަކުގައި ކިޔަވާ ދަރިވަރުން އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ. އަދި ކިޔަވާ މުއްދަތުގައި ދެހާސް ރުފިޔާގެ އެލަވަންސެއް ވެސް ދަރިވަރުންނަށް ލިބޭނެއެވެ.
މިމަހުގެ 16 އާއި ހަމަޔަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ 5 ކޯހަކީ
- ނޭޝަނަލް ސެޓްފިކެޓް-3 އިން ގާޑްނަރ
- ނޭޝަނަލް ސެޓްފިކެޓް-3 އިން ވޯޓަރ ސަޕްލައި ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓަނަންސް
- ނޭޝަނަލް ސެޓްފިކެޓް-3 އިން އެގްރިކަލްޗަ
- ނޭޝަނަލް ސެޓްފިކެޓް-3 އިން ހެވީވެހިކަލް އޮޕަރޭޝަން
- ނޭޝަނަލް ސެޓްފިކެޓް-3 އިން އޮޓޮމޯޓިވް މެއިންޓަނަންސް
މި ފަސް ކޯހުގައި ކިޔަވައި ދޭނީ މިކަމަށް އެމްއެންއެސްޑީއޭ އިން ތައްޔާރު ކުރައްވާފައިވާ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑް އަށެވެ. އަދި މި ކޯސްތަކަކީ މޯލްޑިވް ކޮލިފިކޭޝްން އޮތޯރިޓީ "އެޕްރޫވްޑް" ކުރައްވާފައިވާ ފަސް ކޯހެކެވެ. މިކޯސް ތަކުގެ މުއްދަތަކީ ހަމަސް ދުވަހެވެ.
މި ކޯސް ތަކުގެ މައުލޫމާތު އެމްއައިޓީ ގެ ފޭސް ބުކް( https://web.facebook.com/mit.mv) އިން ލިބިލައްވާނެއެވެ.
އަދި ކޯހުގައި ބައިވެރިވެ ލެއްވުމަށް ޝައުގުވެރި ވެލައްވާނަމަ ތިރީގައި މިވާ ގޫގުލް ފޯމް ބޭނުން ކުރައްވައިގެން ނަން ނޯޓް ކުރެވިދާނެއެވެ.
https://docs.google.com/forms/d/1h509aX81DbTEXgyl0Gr2BFAEL4CS5ZzJYIqanzymIdw/edit.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް