މަސްވެރިންނަށް ޑީސަލް ވިއްކާ އަގުވެސް ބޮޑުކޮށްފި

ތެލުގެ އަގަށް އެސްޓީއޯއިން ގެނައި ބަދަލާއެކު، މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގުވެސް ބޮޑުކޮށްފިއެވެ. އެގޮތުން މިފްކޯއިން ރޭގައި ބުނެފައިވަނީ މަސް ދޯނިފަހަރަށް ދެން ޑީސަލް ވިއްކަމުންދާނީ ލީޓަ...

06 Mar 2022 | 06:03

ތެލުގެ އަގަށް އެސްޓީއޯއިން ގެނައި ބަދަލާއެކު، މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގުވެސް ބޮޑުކޮށްފިއެވެ.

އެގޮތުން މިފްކޯއިން ރޭގައި ބުނެފައިވަނީ މަސް ދޯނިފަހަރަށް ދެން ޑީސަލް ވިއްކަމުންދާނީ ލީޓަރެއް 14.44 ރޭޓުން ކަމަށެވެ. އަދި އާއްމު ފަރާތްތަކަށް ވިއްކަމުންދާނީ ލީޓަރެއް 17.10 ރުފިޔާގެ ރޭޓުން ކަމަށެވެ.

މިފްކޯއިންވެސް ތެލުގެ އަގަށް މި އަހަރު ބަދަލުގެނައި މިއީ ތިންވަނަ ފަހަރެވެ. އެންމެ ފަހުން އަގަށް ބަދަލުގެނެސްފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ.

އިއްޔެއާއި ހަމައަށް މިފްކޯއިން ޑީސަލް ވިއްކަމުން ގޮސްފައިވަނީ މަސްދޯނިފަހަރަށް ލީޓަރެއް 12.68ގެ ރޭޓުން އަދި އާއްމު ފަރާތްތަަކަށް ލީޓަރެއް 15 ރުފިޔާގެ ރޭޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް