ޖަރުމަނު ޔުނިވާސިޓީއަކުން މުސްލިމް ދަރިވަރުންތަކަކަށް ހެދުނު ގޮތަކަށް މައާފަށް އެދިއްޖެ

ޖަރުމަރުވިލާތުގެ ޔުނިވާސިޓީއެއް ކަމަށްވާ މުނިޗް ޔުނިވާސިޓީން މުސްލިމް އަންހެން ދަރިވަރުންތަކަކާއި މެދު އަމަލު ކުރެވުނު ގޮތަކުން ދަރިވަރުންގެ ކިބައިން މައާފަށް އެދިއްޖެ އެވެ. އެ ޔުނިވާސިޓީން މައަާފަށް ...

06 Mar 2022 | 05:58

ޖަރުމަރުވިލާތުގެ ޔުނިވާސިޓީއެއް ކަމަށްވާ މުނިޗް ޔުނިވާސިޓީން މުސްލިމް އަންހެން ދަރިވަރުންތަކަކާއި މެދު އަމަލު ކުރެވުނު ގޮތަކުން ދަރިވަރުންގެ ކިބައިން މައާފަށް އެދިއްޖެ އެވެ.

އެ ޔުނިވާސިޓީން މައަާފަށް އެދުނީ އޮންލައިން ޓެސްޓެއްގައި ބައިވެރިވި މުސްލިމް ދެ އަންހެން ދަރިވަރުންގެ ބުރުގާ ބާލަން އެންގުމުންނެވެ. އެކަން ކުރީ ޓެސްޓަށް މަހަރު ހެދުމާއި ޝައްކު ކުރުންތަކުން ސަލާމަތް ކުރުމަށް އެކަމަށް އެންގި ޓީޗަރު ބުނެފައިވެ އެވެ.

މި މައްސަލައިގަ ޔުނިވާސިޓީއާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ދަނީ ވަރުގަދަ ކެމްޕެއިންތަކެއް ކުރަމުންނެވެ.

މައާފަށް އެދި ޔުނިވާސިޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބުރުގާ ނަގަން އެ ކުދިންނަށް އެންގި އެންގުން އެއީ ވިސްނާ ނުލައި ކުރެވުނު ކަމެކެވެ. ޔުނިވާސިޓީން އެކަން ކުރީ އިމްތިހާންގައި ޖިންސް އޮޅުވާލައިގެން ކުދިން މަކަރު ހަދާ ކަމަށް ވިސްނިފައި އޮތުމުން ކަމަށާއި ކުރިއަށް އޮތް ތަނުގައި މުސްލިމް ދަރިވަރުންނާ މެދު އެގޮތަށް އަމަލު ނުކުރާނެ ކަމަށް ބުންޏެވެ.

ބަޔާނުގައި ބުނީ މުސްލިމުންނަށް ހާއްސަކޮށް ޔުނިވާސިޓީގައި ގަވައިދުތަކެއް ހަދާނެ ކަމަށެވެ. އަދި މުސްލިމުންގެ ބުރުގާ އަކީ ފެޝަނަކަށް އަޅާއެއްޗެއްގެ ގޮތުގައި ނުބަލާނެ ކަމަށް ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޔުނިވާސިޓީ މައާފަށް އެދުނީ ޕްރެޝަރު ބޮޑުވެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް