ފުލުހުންގެ އިސްވެރިން އެފްބީއައިގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި

ދިވެހި ފުލުހުންގެ އިސްވެރިން އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ކައުންޓަޓެރަރިޒަމް އަދި ބައިނަލްއަގްވާމީ އޮޕަރޭޝަންސް ޑިވިޝަންތަކާ އެކު ބައްދަލުވުމެއް ބާއްވައިފި އެވެ. ދި...

06 Mar 2022 | 05:46

ދިވެހި ފުލުހުންގެ އިސްވެރިން އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ކައުންޓަޓެރަރިޒަމް އަދި ބައިނަލްއަގްވާމީ އޮޕަރޭޝަންސް ޑިވިޝަންތަކާ އެކު ބައްދަލުވުމެއް ބާއްވައިފި އެވެ.

ދިވެހި ފުލުހުންގެ އިސްވެރިން އެމެރިކާ އަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި ފުލުހުންގެ އިންޓެލިޖެންސް ވެރިޔާގެ އިތުރުން އިސް އެހެން ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އެފްބީއައިއާ އެކު ބޭއްވި ބައްދަލުވުމުގައި ފުލުހުންގެ އިސްވެރިން ވަނީ އެ އެޖެންސީގެ ކައުންޓަޓެރަރިޒަމް ޑިވިޝަނާއި ބައިނަލްއަގުވާމީ އޮޕަރޭޝަންސްއާ ގުޅޭ ޑިވިޝަނު ވެސް މަސައްކަތްތައް ހިނގާ ގޮތާ ގުޅޭ ގޮތުން މައުލޫމާތު ހޯއްދަވާފައެވެ.

https://twitter.com/USDOJ_Intl/status/1500045656131616770?ref_src=twsrc%5Etfw

މިދަތުރުގައި ދިވެހި ފުލުހުންނާއި އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ނުރައްކާތެރި ކުށްތައް ތަހުގީގުކުރުމުގައި އިދާރާތަކުގެ މެދުގައި ދަނެގަނެވިފައިވާ އެކި މައުލޫމާތު ވަނީ ބަދަލުކުރެވިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް