ކޮވިޑާއި ގުޅިގެން އެޅި ހާއްސަ ފިޔަވަޅުތައް ސައުދީން އުވާލައިފި

ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ސައޫދީ އަރަބިއްޔާ އިން އެޅި ހާއްސަ ފިޔަވަޅުތައް އުވާލައިފިއެވެ. އެގޮތުން އުވާލާފައިވަނީ  އެ ގައުމަށް ދާއިރު ޕީސީއާރް ޓެސްޓް ހެދުމާއި ބޭރުގައި އުޅޭއި...

06 Mar 2022 | 05:27

ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ސައޫދީ އަރަބިއްޔާ އިން އެޅި ހާއްސަ ފިޔަވަޅުތައް އުވާލައިފިއެވެ.

އެގޮތުން އުވާލާފައިވަނީ  އެ ގައުމަށް ދާއިރު ޕީސީއާރް ޓެސްޓް ހެދުމާއި ބޭރުގައި އުޅޭއިރު މާސްކް އެޅުން އެޅުމަށް މީގެ ކުރިން އޮތް އޮތުމެވެ.

މި ނިންމުމާ އެކު ދެ ހަރަމްފުޅުގައި ގައި ދުރުކޮށް ސަފު ހަދައިގެން ނަމާދުކުރުން ވެސް ވަނީ ނިމުމަކަށް ގެނެސްފަ އެވެ. ނަމަވެސް ދެ ހަރަމްގައި ވެސް އުޅެން ޖެހޭނީ މާސްކް އަޅައިގެންނެވެ. އެކަމަކު އާންމު ތަންތަނުގައި ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރެއް ނޫނެވެ. މާސްކް އަޅަން ޖެހޭނީ މީހުން އެއްވެ އުޅޭ ބަންދު ތަނަކަށް ވަންނަ ނަމަ އެވެ.

އިންޓީރިއާ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އިއްޔެއިން ފެށިގެން ވަނީ ސައޫދީ އަށް އެތެރެވުމުގެ ކުރިން ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަހަޅަން ޖެހުމާއި ސައޫދީ އަށް އެތެރެވުމަށް ފަހު ކަރަންޓީނުގައި ހުންނަން ޖެހުން ވެސް އުވާލައިފަ އެވެ. މީގެ އިތުރުން، ހާމަކަން ބޮޑު ތަންތަނުގައި ބާއްވާ އެއްވުންތަކާއި އިވެންޓްތަކުގައި ގައިދުރުކަން ބެހެއްޓުމަށް އަންގާފައިވާ އެންގުން ވަނީ އުވާލައިފި އެވެ.

މި ފިޔަވަޅުތައް އުވާލާފައި ވާއިރު ސައޫދީން ވަނީ އެ ގައުމުގައި ހުއްޓާ ކޮވިޑް ޖެހިއްޖެ ނަމަ ފަރުވާގެ ކަންކަން ކަވަރުކޮށްދޭނެ އިންޝޫރެންސް ޕެކޭޖެއް ވިޒިޓް ވިސާގައި އެތެރެވާ އެންމެންނަށް ލާޒިމްކޮށްފަ އެވެ.

އަލަށް ގެނައި ބަދަލުތަކާ އެކު ސައޫދީން ވަނީ ސައުތު އެފްރިކާ، ނެމީބިއާ، ބޮޓްސުވާނާ، ޒިމްބާބްވޭ، ލެސޯތޯ، އެސްވާޓިނީ، މޮޒަމްބީކް، މަލާވީ، މޮރިޝަސް، ޒެމްބިއާ، މަޑަކަސްކާ، އެންގޯލާ، ސީޝެލްސް، ކޮމޯރޯސް، ނައިޖީރިއާ، އިތިއޮޕިއާ އަދި އަފްޣާނިސްތާނުން ސައޫދީ އަށް ސީދާ ދަތުރުކުރުން މަނާކޮށްފައިވާ އޮތް އޮތުން ވެސް އުވާލައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް