ޔޯހާނީގެ އާ ލަވައެއް ރިލީޒްކޮށްފި

ސްރީ ލަންކާއަށް ނިސްބަތްވާ، މަޝްހޫރު ލަވަކިޔުންތެރިޔާ ޔޯހާނީގެ އާ ލަވައެއް ރިލީޒްކޮށްފިއެވެ. "ޔޫ އާ މައި ޕެރަޑަައިޒް" ނަމުގައި ރޭގައި ރިލީޒްކުރި މި ލަވަޔަކީ ބެލެވޭގޮތުގައި ސްރީ ލަންކާގެ ފަތުރުވެރިކަން...

06 Mar 2022 | 05:01

ސްރީ ލަންކާއަށް ނިސްބަތްވާ، މަޝްހޫރު ލަވަކިޔުންތެރިޔާ ޔޯހާނީގެ އާ ލަވައެއް ރިލީޒްކޮށްފިއެވެ.

"ޔޫ އާ މައި ޕެރަޑަައިޒް" ނަމުގައި ރޭގައި ރިލީޒްކުރި މި ލަވަޔަކީ ބެލެވޭގޮތުގައި ސްރީ ލަންކާގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ލަވައެކެވެ.

މި ލަވައިގާ ދައްކުވައިދެނީ ފަތުރުވެރިންނަށް ސްރީ ލަންކާއިން ފެންނާނެ ރީތި މަންޒަރުތަކާއި ފަތުރުވެރިންނަށް ހުރި ފުރުސަތު ތަކެވެ.

https://www.youtube.com/watch?v=hq_AV304EM8

މަނިކޭ މަގޭ ހިތޭ ލަވައިން މުޅި ދުނިޔެއަށް ބޮޑު މަގްބޫލުކަމެއް ހޯދި ޔޯހާނީގެ މި ލަވައަށްވެސް ރަނގަޅު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެގޮތުން މީގެ 14 ގަޑިއިރު ކުރިން ރިލީޒްކުރި މި ލަވައަށް އެއްލައްކަ 50 ހާހަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް