ރަޝިއާގެ ގައުމީ އެއާލައިން އެއަރޯފްލޮޓުގެ ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓާލަން ނިންމައިފި އެވެ.
އެ އެއާލައިނުން ބުނީ ބައިނަލްއަގުވާމީ ދަތުތައް ހުއްޓާލާނީ އަންނަ އަންގާރަ ދުވަހުން ފެށީގެން ކަމަށެވެ. އޭގެ ފަހުން ބައިނަލްއަގުވާމީ ދަތުރުތައް ބާއްވާނީ ހަމައެކަނި ބެލަރޫސްއަށް ކަމަށް ބުންޏެވެ.
އެއަރޯފްލޮޓުން ބުނީ ދަތުރުތައް ހުއްޓާލީ އެ އެއާލައިންގެ އޮޕަރޭޝަންތަކަށް ކުރިމަތިވި "ކަންތައްތަކެއްގެ" ސަބަބުން ކަމަށެވެ.
އެއާލައިނުން ބުނީ ބެލާރުސްގެ އިތުރުން ޑޮމެސްޓިކް ހުރިހާ ދަތުރުތަކެއް ވެސް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.
ރަޝިޔާ އިން ޔޫކްރެއިންގައި ހަނގުރާމަ ފެށުމާއި ގުޅިގެން އީޔޫ، އިނގިރޭސިވިލާތް، އެމެރިކާ އަދި ކެނެޑާގެ ވައިގެ ސަރަހައްދު ވަނީ އެއަރޯފްލޮޓުގެ ފްލައިޓުތައް ބަންދުކޮށްފަ އެވެ. އެހެންވެ އެހެން މަންޒިލްތަކަށް ދަތުރުކުރުމަށް އެ އެއާލައިނުން ދިގު ރޫޓެއް ނަގަން ޖެހެ އެވެ.
އެއަރޯފްލޮޓުގެ އިތުރުން ރަޝިޔާގެ އެހެން އެއާލައިންތަކާ ދެކޮޅަށް ވެސް ވަނީ ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.
އެއަރޯފްލޮޓަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ގެންނަ އެއާލައިނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް