މައްސަލަ ދިމާވި ތާޒާ ބްރޭންޑްގެ ދެ ބެޗުގެ ތަހުލީލުތަކެއް ކުރަމުން އަންނަ ކަމުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
އެމްއެފްޑީއޭއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ފެން ފުޅީގައި އާއްމުކޮށް ހުންނަން ނުޖެހޭ ކަހަލެއް ވަހެއް ތާޒާގެ ފަސް ލީޓަރުގެ 1465 އަދި 1466 ބެޗުގެ ހުރުމުން އެކަމުގެ ރައްކާތެރިކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ޓެސްޓްތައް ނިމުނުހާ އަވަހަކަށް އާއްމުންނަށް ހިއްސާ ކުރާނެ ކަމުގައިވެސް އެމްއެފްޑީއޭގެ ބަޔާނުގައި ވެ އެވެ.
ތާޒާ ކުންފުނިން މިކަމާއިމެދު އިއްޔެ ބުނެފައިވަނީ މައްސަލަ ދިމާވި ދެ ބެޗުގެ ފެން ފުޅިތައް ފިހާރަތަކުން ނަގާފައިވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް