ފަތުރުވެރިޔާ ހޯދަން ވައިގެ މަގުން މަސައްކަތް ފަށައިފި

ފުވައްމުލަކު ޑައިވް ޕޮއިންޓަށް ފީނަން ފޭބި ފަހުން ގެއްލިގެން ހޯދަމުން ދާ ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފް އިން ބުނީ ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސ...

06 Mar 2017 | 10:30

ފުވައްމުލަކު ޑައިވް ޕޮއިންޓަށް ފީނަން ފޭބި ފަހުން ގެއްލިގެން ހޯދަމުން ދާ ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން ދާ ކަމަށެވެ. އަދި މިއަދު އެމީހާ ހޯދުމުގެ މަސައްކަތް މޯލްޑިވިއަންގެ ސީޕްލޭން ބޭނުންކޮށްގެން ފަށާއިވާ ކަމަށެވެ.

ގެއްލުނު މީހަކީ އުމުރުން 45 އަހަރުގެ ފިރިހެނެކެވެ. އޭނާ ފީނަން ދިޔައީ "ޕްރިންސް އޯލްޑްރޭ" ނަމަކަށް ކިޔާ ސަފާރީއެއްގައި އެވެ. އޭނާ ގެއްލިގެން އެމްއެންޑިއެފް ސަދަން އޭރިއާއަށް ރިޕޯޓު ކުރީ ރޭ އިރު އޮއްސި 6:55 ހާއިރު އެވެ.

އެމްއެންޑީއެފުން ބުނީ 20 މީހުންނާއެކު ޑައިވިން ކުރަން ފޭބި ފަތުރުވެރިޔާ މޫދަށް ފައިބައިފައިވަނީ އިއްޔެ ހަވީރު ގާތްގަނޑަކަށް 5:10 ހާއިރު ކަމަށާއި  ފަތުރުވެރިޔާ ފީނަން ފޭބިއިރު ލައިގެން ހުރީ އަޅިކުލައިގެ ރޭސްގާޑް ( ޑައިވް ޓީޝާޓް ) އެއް ކަމަށެވެ. އަދި ކަޅުކުލައިގެ މާސްކެއް އަޅާފައިވާއިރު، އަރައިގެން ހުރީ ކަޅުކުލައިގެ ފިންސަކަށެވެ.

އެ މީހާ އާއި ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓްގާޑާއި ހިއްސާ ކުރުމަށް ވަނީ އެދިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް