މާލެއިން އިއްޔެ ކަރަންޓު ދިޔަ މައްސަލަ ތަހުގީގު ކުރަނީ

އިއްޔެ މުޅި މާލެއިން ދެގަޑި އިރަށްވުރެ ގިނަ އިރަށް ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ. އެ ކުންފުނިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ގ...

06 Mar 2017 | 07:47

އިއްޔެ މުޅި މާލެއިން ދެގަޑި އިރަށްވުރެ ގިނަ އިރަށް ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ގާތްގަނޑަކަށް 1:00 ހާއިރު މާލެއިން ކަރަންޓު ކެނޑެން މެދުވެރިވީ އެމްޑަބްލިޔުއެސްސީ އަށް ކަރަންޓު ދިނުމަށް ވަގުތީގޮތުން ބަހައްޓާފައި ހުރި ޓްރާންސްފޯމަރެއްގެ ހައިވޯލްޓޭޖް ކޭބަލަށް ދިމާވި މައްސަލައަކުން ކަމަށެވެ. އަދި ކަރަންޓު ކެނޑުމުގެ ސަަބަބުން އާންމުންނަށް ދިމާވި ދަތިތަކަށް ޓަކައި މައާފަށް އެދޭކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެކުންފުނިން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އޭގެ ތަފްސީލް ކުންފުނީގެ ކަސްޓަމަރުންނާ ހިއްސާކުރާނެ ކަމަށް ވެސް ބުނެ އެވެ.

މުޅި މާލެއަށް ކަރަންޓު ދެވޭވަރުވީ އިއްޔެ ހަވީރު 4:15 ހާއިރު އެވެ. ކަރަންޓާއި ފެނުގެ ހިދުމަތް މެދުކެނޑުމުން  އާންމު ހުރިހާ ހިދުމަތެއްހެން ވަނީ ހުއްޓުމަކަށް އައިސްފައި އެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗުގެ ބައެއް ހިދުމަތްތަކާއި، ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ އިތުރުން ޕެޓްރޯލް ޝެޑުތަކާއި މުއާސަލާތީ ހިދުމަތް އަދި އިންޓަނެޓުގެ ހިދުމަތް ވަނީ މެދުކެނޑިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް