ހަނިމާދޫގައި އުމުރުން ދުވަސްވީ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ހދ. ހަނިމާދޫގައި ހިންގާ ބެއާ ފުޓް އެކޯ ހޮޓެލްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ. އެމީހާ މަރުވީ އިއްޔެ މެންދުރުގެ ވަގުތެއްގައި އެވެ. އެއީ އުމުރުން 85 އަހަރުގެ އިޓަލީ...

06 Mar 2017 | 07:10

ހދ. ހަނިމާދޫގައި ހިންގާ ބެއާ ފުޓް އެކޯ ހޮޓެލްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

އެމީހާ މަރުވީ އިއްޔެ މެންދުރުގެ ވަގުތެއްގައި އެވެ. އެއީ އުމުރުން 85 އަހަރުގެ އިޓަލީ ރައްޔިތެކެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ މަހުވެސް ވަނީ ދެތިން ފަތުރުވެރިން ގެނބިގެންނާއި ފީނަން ގޮސްގެން އުޅެނިކޮށް މަރުވެފައި އެވެ. އަދި މިހާރުވެސް ކޯސްޓްގާޑުން ދަނީ ފުވައްމުލަކު ސިޓީ ކައިރީގައި އޮންނަ ޑައިވިން ޕޮއިންޓަކަށް ފީނަން ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް